ކުޅުދުއްފުށީ މަގުތަކާއި އާންމު ތަންތަނުގައި ހުއްދައާއި ނުލައި ބަހައްޓާފައިވާ ތަކެތި ނަގަންފަށައިފި

ހުއްދަ ނުހޯދާ ކުޅުދުއްފުށީގެ މަގުތަކުގައި ބަހައްޓާފައިވާ، ނޯޓިސް މުއްދަތުގެރޭގައި ނަގާފައިނުވާ ތަކެތި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަނީ، ފޮޓޯ: ސިޓީ ކައުންސިލް
ހުއްދަ ނުހޯދާ ކުޅުދުއްފުށީގެ މަގުތަކުގައި ބަހައްޓާފައިވާ، ނޯޓިސް މުއްދަތުގެރޭގައި ނަގާފައިނުވާ ތަކެތި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަނީ، ފޮޓޯ: ސިޓީ ކައުންސިލް

ހދ.ކުޅުދުއްފުށި ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި ހުއްދައަކާއިނުލައި ބަހައްޓާފައިވާ ތަކެތި، ސިޓީ ކައުންސިލުން ނަގައި ސާފުކުރަން ފަށައިފިއެވެ.

ސިޓީ ކައުންސިލުން ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓްގައި ވިދާޅުވެފައި ވަނީ އެ ރަށުގެ މަގުތަކާއި އާންމު ތަންތަނުގައި، އެ އިދާރާގެ ހުއްދަ ހޯދުމަކާއިނުލާ ބަހައްޓާފައިވާ ތަކެތި ނޯޓިސް މުއްދަތުގެރޭގައި ނަގާފައިނުވާ ސަރަހައްދުތަކުން އެ ތަކެތި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ފަށާފައިވާ ކަމަށާއި، މި މަސައްކަތަކީ ރަށުގެ މަގުތަކާއި އާންމުތަންތަނުގެ ސާފުތާހިރުކަން ކަށަވަރުކުރުމާއި، މަގުތައް ބޭނުންކުރާ ފަރާތްތަކަށް އުފުލަންޖެހޭ ތަކުލީފު ކުޑަކުރުމަށްޓަކައި ކުރެވޭ މަސައްކަތެއްކަމަށެވެ.

ކުޅުދުއްފުށި ސިޓީއަކީ ހިތްގައިމު ސާފުތާހިރު ރީތި ސިޓީއެއްގެގޮތުގައި ބޭއްވުމަށް އެންމެހާ ރައްޔިތުންގެ ފަރާތުން އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މިކަމާއި ގުޅިހެން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރީތިވީމާ އެންމެންނަށް ވެސް ރީތި ކަމަށާއި ނަމަވެސް ރީތިވާނީ އެންމެންގެ ވެސް ބައިވެރިވުމާއި އެކުކަމަށެވެ.

އާތިފް އިތުރަށް ވިދާޅުވީ މަގުތަކާއި އާންމު ތަންތަނުގައި ހުއްދަ ނުހޯދައި ތަކެތި ބަހައްޓާ ފަރާތްތަކާއިމެދު މިހާތަނަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ބަދަލުގައި މަސައްކަތް ކޮށްފައިވާނީ ނަސޭހަތްތެރިވެ އެކަންކަން ނުކުރުމަށް އިލްތިމާސް ކޮށްގެން ކަމަށާއި ނަމަވެސް  ކުރިއަށްއޮތްތަނުގައި މިފަދަ އަމަލުތައް ތަކުރާރުކުރާ ފަރާތްތަކާއިމެދު "އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ޤާނޫނު" ގެ ދަށުން ފިޔަވަޅުއެޅުމަށް ގަސްތުކުރަމުން އަންނަ ކަމަށެވެ.

އާތިފްވަނީ ސިޓީ ކައުންސިލްގެ ހުއްދަ ނުހޯދައި މަގުތަކާއި އާންމު ތަންތަނުގައި ތަކެތި ނުބެހެއްޓުމަށް އާދޭހާއިއެކު ރައްޔިތުންގެ ފަރާތުން އެދިލައްވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި