ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ.އައިޝަތު ރަމީލާ ހަނިމާދޫ ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ.
ވަޒީރު ހަނިމާދޫ ކައުންސިލާއި ބައްދަލު ކުރައްވާފައި މިވަނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ވާޓިކަލް ފާމިން ޕައިލެޓް ޕްރޮޖެކްޓް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް އެ ރަށަށް އިއްޔެ ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ ހަނިމާދޫ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ހަނިމާދޫ ކައުންސިލުގެ ނައިބް ރައީސް ފިރާގު މުހައްމަދު ބުނީ، މި ބައްދަލުވުމުގައި އުތުރުގެ ބައެއް ރަށްތަކުގެ، ރުއްތަކުގައި ކޫޑި އަޅާއި މަތިވަރު ދަށްވެފައިވާތީ އެކަމަށް އޮތް ހައްލާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން މި ސަރުކާރު އައުމުގެ ކުރިން އެ ވުޒާރާއިން ހަނިމާދޫގައި އަޅަން ނިންމި މަލްޓިޕާޕަސް ލެބޯޓްރީ، ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދިންކަމަށް ބުނެ ފުވައްމުލަކަށް ބަދަލުކުރި ވާހަކައަކީ ދޮގެއްކަން މިނިސްޓްރާއި ހިއްސާ ކުރައްވާފައިވާނެ ކަން ފާހަގަ ކުރަމުން ފިރާގު ބުނީ ހަނިމާދޫގައި ސަރުކާރުން އަޅަން ބޭނުންވާ އެއްވެސް ތަނެއް ހުއްޓުވުމަކީ ކައުންސިލުގެ ވިސްނުމެއް ނޫން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!