ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައީސް އޮފީހަށް ފަސް މިނިޓަރުން ޢައްޔަނުކުރައްވައިފިއެވެ.

ރައީސް އޮފީހަށް މިރޭ ޢައްޔަނުކުރެއްވި ފަސް މިނިސްޓަރުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޢިއްޒެވެ.

Ad
rt

މިގޮތުން މިރޭ ޢައްޔަނު ކުރެއްވި ފަސް މިނިސްޓަރުންކުރެ ޢަލީ ޢާރިފް ޢައްޔަނުކުރައްވާފައި ވަނީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ކަމަށެވެ. އަދި އިބްރާހީމް ޚަލީލް ޢައްޔަނުކުރެއްވީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން ކަމަށެވެ.

މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންގެ މަޤާމަށް ޢައްޔަނުކުރެއްވި ޚަލީލު

މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ލީގަލް އެފެއާޒްގެ މަގާމަށް އަލްއުސްތާޛު އަޙްމަދު ޙިޝާމް ވަޖީހު ޢައްޔަނުކުރައްވާފައިވާއިރު، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ކަމަށް ދެ ބޭފުޅެއް ވަނީ ޢައްޔަނު ކުރައްވާފައެވެ. އެއީ މާލެ ސިޓީ ކައުންސިލުން މެންބަރުކަމުގައި ކުރިން ތިއްބެވި ޢަބްދުﷲ ނާޞިރު އަދި އާދަމް ރަމީޒް އެވެ.

މީގެ އިތުރުން މިރޭ ރައީސް އޮފީހަށް ޢައްޔަނުކުރެއްވި ބައެއް ބޭފުޅުން

  1. ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް- މުޙައްމަދު ނަޞީރު
  2. ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް- އަޙްމަދު ޢަލީ ޙަބީބް
  3. ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމަންޓް- މުޙައްމަދު ޝާހިދު
  4. ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ސަރވިސަސް- ޙުސައިން ޢާމިރު
  5. ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް- އަލްއުސްތާޛު ޢައްބާސް ޝަރީފް
  6. ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ- ޑޮކްޓަރ ޢާއިޝަތު އިކްރާމް