ޕީޕީއެމް ވެސް އުވާލައި ޕާޓީތަކުގެ ދަފުތަރުން އުނިކޮށްފި
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލައި، އެ ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން މިއަދު އުނިކޮށްފިއެވެ. އެ ނިންމުން ނިންމިކަން ހާމަކޮށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން، ޕީޕީއެމް ގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ޕާޓީ އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމައި، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން ޕީޕީއެމް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް […]