4 ޑިސެމްބަރ ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ހުޅުމާލޭގައި، ވަޅިން ހަމަލާދީ އަނިޔާވެރިކޮށް ގަތުލުކޮށްލެވުނު އދ. މާމިނގިޔަށް އުފަން އުމުރުން 59 އަހަރުގެ ޤާސިމް ޙަސަނަށް އިންސާފް ހޯދައިދިނުމަށް ގޮވާލާ އަޑު މަޑެވެ. ޤާސިމް ޤަތުލުކޮށްލިތާ ދެހަފްތާވިއިރު މީސް މީޑިއާގައި އާންމުރައްޔިތުންތަކެއް އުދާސްތައް ބަނޑުން ކުރަމުން ދިޔަނަމަވެސް ރާއްޖޭގައި ފަހުގެ ތާރީޚްތަކުގައި ހިނގި މިފަދަ އަނިޔާވެރި އަމަލުތަކާދެކޮޅަށް އަޑު އުފުލި މިންވަރާ ގާތަށްވެސް ޤާސިމަށް އިންސާފް ލިބިދިނުމަށް ގޮވާލާތަނެއް ނުފެނެއެވެ.

ޤާސިމަށް އިންސާފް ލިބިދިނުމަށް ގޮވާލާ އާންމު ރައްޔިތުންގެ އެންމެބޮޑު އެއްޝަކުވާއަކީވެސް، ކަންބޮޑުވުމަކީވެސް އެއީއެވެ. އިންސާފަށްއެދި އަޑު އުފުލަން ޖެހެނީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތް ވުމުން ނޫންކަމާއި، ވަކި ޖަމާއަތަކަށް ނިސްބަތް ވުމުން ނޫންކަމާއި، ވަކި ގިންތިއަކަށް ނިސްބަތްވުމުން ނޫންކަމަށް ޤާސިމަށް އިންސާފް ލިބިދިނުމަށް އެދިގޮވާލާ ރައްޔިތުން ބުނަމުންދެއެވެ.

Ad
rt

މިފަދަ ޤަތުލުތަކާ ދެކޮޅަށް މީގެ ކުރިން ނުކުތް ޖަމާއަތްތައް ހިމޭންވުމާއި، މިޤަތުލު ކުއްވެރިކޮށްލަން ކެރުނު ފަރާތްތައް މަދުވުމީވެސް ޤާސިމަށް އިންސާފް ލިބިދިނުމަށް އެދިގޮވާލާ ރައްޔިތުންގެ ޝަކުވާއެކެވެ.

ޤާސިމްގެ ވަކިވެދިޔުމަކީ ޤާސިމްގެ ޢާއިލާއަށާއި، ހެޔޮއެދޭ އެތައް ދިވެހި އަޚުންނާއި އުޚުތުންނަށް ފުން ހިތާމައެއް ގެނުވި ކަމެކެވެ. އެތައް ހިތެއް އެމަރަށް އިންސާފަށް އެދޭނެ ކަމާމެދު ޝައްކެއްނެތެވެ. އިންސާފަށް ގޮވާލުމުގައި ތަފާތުކުރުމެއްނެތި އިންސާފަށް ގޮވާލެވެން ޖެހެއެވެ.