ކޮމަންޑޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ފޮޓޯ: ހެލްތް މިނިސްޓްރީ
ފޮޓޯ: ހެލްތް މިނިސްޓްރީ

ށ. ކޮމަންޑޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާއި ވަށާފާރު ރޭނުމުގެ މަސައްކަތް ކުރަން މިއަދު ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ކިލޯމީޓަރ އިންޖިނިއަރިންގ ޕްރައިވެޓް ‏ލިމިޓެޑް އާއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީއާ ކިލޯމީޓަރ އިންޖިނިއަރިންގ ޕްރައިވެޓް ‏ލިމިޓެޑްއާއެކު މިއަދު ސޮއިކޮށްފައިވާއިރު، ިކަމަށް ބޭއްވި ބައްދަލުވުމުގައި ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު (ރާޑޯ) ވެސް ބައިވެރިވިއެވެ.

ކޮމަންޑޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާއި ވަށާފާރު ރޭނުމުގެ މަސައްކަތް ކުރަން މިއަދު ކުންފުންޏަކާ ހަވާލުކުރިއިރު، ޞިއްޙީ ޚިދުމަތްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްޤީކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް މިއަދު ރައީސް އޮފީހުގައި އޮތް ނޫސްކޮންފަރެންސެއްގައި ސަރުކާރުން ވަނީ ހާމަކުރައްވައި، އެކަމުގެ ބައެއް ތަފްސީލްތައް ވެސް ދެއްވާފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީމަރުކަޒުތަކަށް ސަރުކާރުން ޢައްޔަންކުރައްވާފައިވާ އިސްފަރާތްތަކާއެކު މިދިޔަ އަހަރުގެ ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިއަހަރު އެންމެބޮޑު އިސްކަމެއް ދެއްވާނެކަމަކީ ޞިއްޙީ ދާއިރާގެ ކަންކަން އިތުރަށް ރަނގަޅުކޮށް ޞިއްޙީދާއިރާ އިތުރަށް ހަރުދަނާކުރެއްވުމަށް ކަމުގައި ވިދާޅުވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި