މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ކޮމަންޑޫ ސިއްހީ މަރުކަޒު

9 Stories filed
ކޮމަންޑޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާގެ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން އެރަށު ހެލްތް ސެންޓަރު ހޯދައިފި
Thiladhunmathi News

ކޮމަންޑޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާގެ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން އެރަށު ހެލްތް ސެންޓަރު ހޯދައިފި

ށ. ކޮމަންޑޫ ކައުންސިލުން ކުރިއަށް ގެންދާ އެ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ 2026ގެ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން އެރަށު ހެލްތް ސެންޓަރު ހޯދައިފިއެވެ. މި މުބާރާތުގެ ތަށި ކޮމަންޑޫ ހެލްތް ސެންޓަރު އުފުލައިލީ ފައިނަލްގައި އެރަށު ސްޓެލްކޯ ބްރާންޗާއި ވާދަކޮށް ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. މި ފައިނަލް މެޗުގެ ދެ ސެޓް ވެސް ކޮމަންޑޫ ހެލްތް ސެންޓަރު ގެންދިޔައީ 21-15 އިން ނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަރަޕް ޓީމަށް ކޮމަންޑޫ ކައުންސިލްގެ ފައިސާގެ އިނާމާއި، […]

ކޮމަންޑޫ ހިމެނޭހެން އިތުރު 17 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
Raajje

ކޮމަންޑޫ ހިމެނޭހެން އިތުރު 17 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި

އަތޮޅުތެރޭގެ ރަށްތަކުގައި ދެމުންގެންދާ ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު 17 ރަށަކަށް އައު އެމްބިއުލާންސް އިއްޔެ ހަވާލުކޮށްފިއެވެ. ހެލްތް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި މިއީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގައި ހުރި، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ ވީރާނާވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި ފޯރުކޮށްދިން އުޅަނދުތަކެކެވެ. މި އެމްބިއުލާންސްތަކަކީ ޖުމްލަ 31 އެމްބިއުލާންސް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އ...

ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފި
Thiladhunmathi News

ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފި

ށ. ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތް ފެށުމަށް ކޮމަންޑޫ ސިއްހީ މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، މި ޚިދުމަތް ފައްޓަވައިދެއްވީ ސިއްހަތާ ބެހޭ ވަޒީރު ޢަބުދުﷲ ނާޒިމެވެ. ކޮމަންޑޫ އިން މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާފައިވާތީ، ކޮމަންޑޫ ޞިއްޙީ މަރުކަޒުން ވަނީ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ. ޑައިލިސިސްގެ ޚިދުމަތް ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ވަޒީރު ވަނީ ޑައިލިސިސްގެ ޚިދުމަތްދޭ ކޮޓަރި ބައްލަވާލައްވާފައެވެ. ކޮމަ...

ކޮމަންޑޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި
Thiladhunmathi News

ކޮމަންޑޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ށ. ކޮމަންޑޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާއި ވަށާފާރު ރޭނުމުގެ މަސައްކަތް ކުރަން މިއަދު ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ކިލޯމީޓަރ އިންޖިނިއަރިންގ ޕްރައިވެޓް ‏ލިމިޓެޑް އާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީއާ ކިލޯމީޓަރ އިންޖިނިއަރިންގ ޕްރައިވެޓް ‏ލިމިޓެޑްއާއެކު މިއަދު ސޮއިކޮށްފައިވާއިރު، ިކަމަށް ބޭއްވި ބައްދަލުވުމުގައި ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު (ރާޑޯ) ވެސް ބައިވެރިވިއެވެ. ކޮމަންޑޫ ޞިއްޙީ މަ...

ފެނަކައިގެ ސީއެސްއާރުގެ ދަށުން ކޮމަންޑޫ ސިއްޚީ މަރުކަޒަށް އޭސީއާއި، ޓީވީއެއް ހަދިޔާކޮށްފި
Thiladhunmathi News

ފެނަކައިގެ ސީއެސްއާރުގެ ދަށުން ކޮމަންޑޫ ސިއްޚީ މަރުކަޒަށް އޭސީއާއި، ޓީވީއެއް ހަދިޔާކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން ށ. ކޮމަންޑޫ ސިއްޚީ މަރުކަޒަށް 4 އޭސީއާއި ޓީވީއެއް ހަދިޔާއެއްކޮށްފިއެވެ. މިއީ އެ މަރުކަޒުގެ ވާޑް އަޕްގުރޭޑް ކުރުމަށް ބޭނުން އެހީތެރިކަމެކެވެ. އެމަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި މިތަކެތި ފެނަކައިން އެމަރުކަޒާއި ހަވާލުކޮށްފައި ވަނީ އިއްޔެއެވެ. އަދި އެކަމަށްޓަކައި އެމަރުކަޒުން ވަނީ ދިވެހި ސަރުކާރަށާއި ފެނަކާގެ އިސްވެރިންނަށް އެމަރުކަޒާއި އެރަށުގެ ރައްޔިތުންގެ ނަމުގައި ވަރަށް ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ. ފެނަކައިގެ ސީއެސްއާރުގެ ދަށުން މީގެކުރިން ވަނީ...

ށ. އަތޮޅު ހޮސްޕިޓަލާއި، ކޮމަންޑޫ ސިއްޚީ މަރުކަޒު ގުޅިގެން ކޮމަންޑޫގައި އައުޓްރީޗް ޕްރޮގްރާމެއް
Thiladhunmathi News

ށ. އަތޮޅު ހޮސްޕިޓަލާއި، ކޮމަންޑޫ ސިއްޚީ މަރުކަޒު ގުޅިގެން ކޮމަންޑޫގައި އައުޓްރީޗް ޕްރޮގްރާމެއް

ށ. ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލާއި، އެ އަތޮޅު ކޮމަންޑޫ ސިއްޚީ މަރުކަޒު ގުޅިގެން  ކޮމަންޑޫގައި އައުޓްރީޗް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ކޮމަންޑޫ ސިއްޚީ މަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ބުދަ ދުވަހުއެވެ. އެގޮތުން ކޮމަންޑޫ ސިއްޚީ މަރުކަޒުން މިމަހުގެ 25 ވަނަ ދުވަހު ވަނީ މި ޕްރޮގްރާމްގެ ދަށުން ޑޮކްޓަރަށް ދައްކަވަން ބޭނުން ފުޅުވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ހެއްދުމުގެ ފުރުސަތުވެސް ހުޅުވާލަފައެވެ. ކޮންމެ ޑޮކްޓަރަކަށް ދެއްކުމަށް އެންމެ ގިނ...

ކޮމަންޑޫއިން ނެގި ދެ ރެންޑަމް ސާމްޕަލް ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ކޮމަންޑޫއިން ނެގި ދެ ރެންޑަމް ސާމްޕަލް ޕޮޒިޓިވްވެއްޖެ

ށ. ކޮމަންޑޫއިން 2 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ކޮމަންޑޫ ސިއްޙީ މަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި މި ދެމީހުން ކޮވިޑްއަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ އިއްޔެ އެރަށުގައި މުޖުތަމަޢުގެ ތެރެއިން ނެގި ރޭންޑަމް 2 ސާމްޕަލް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެގޮތުން މިކޭސް އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި ކޮންޓްރެކްޓް ރޭސިންގްގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް އެ މަރުކަޒުން ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ހުރިހާ ރައްޔިތުން ވެސް އެޗްޕީއޭ […]

ކޮމަންޑޫ ސިއްހީ މަރުކަޒުގެ އެންސީޑީ ކްލިނިކްގެ ހިދުމަތް އަލުން ފަށައިފި
Thiladhunmathi News

ކޮމަންޑޫ ސިއްހީ މަރުކަޒުގެ އެންސީޑީ ކްލިނިކްގެ ހިދުމަތް އަލުން ފަށައިފި

ށ. ކޮމަންޑޫ ސިއްހީ މަރުކަޒުގެ އެންސީޑީ ކްލިނިކްގެ ހިދުމަތް މެދު ކެނޑުމަށްފަހު އަލުން ފަށައިފިއެވެ. ކޮމަންޑޫ ސިއްހީ މަރުކަޒުން މައުލޫމާތު ދެއްވާގޮތުގައި ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ހާއްސަކޮށް ޚިދުމަތް ދެމުންދާ މި ކްލިނިކްގެ ހުޅުވިފައިވައި ހުންނާނީ ކޮންމެ މަހެއްގެ 5 ވަނަ ދުވަހު ހެނދުނު 09:00 އިން 11:00 އަށެވެ. އަދި 5 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހަކާއި ދިމާވާނަމަ ޖެހިގެން އަންނަ ރަސްމީ ދުވަހު ޚިދުމަތް ލިބިގެންދާނެ ކަމަށް އެކްލިނިކް ވަނީ […]

ކޮމަންޑޫ ސިއްހީ މަރުކަޒުން ގޭގެ އަށް ގޮސް ދާނުގައި ތިބޭ ބަލި މީހުންނަށް ޚިދުމަތްދޭތާ 7 އަހަރު
Thiladhunmathi News

ކޮމަންޑޫ ސިއްހީ މަރުކަޒުން ގޭގެ އަށް ގޮސް ދާނުގައި ތިބޭ ބަލި މީހުންނަށް ޚިދުމަތްދޭތާ 7 އަހަރު

ށ. ކޮމަންޑޫ ސިއްޙީ މަރުކަޒުން ގޭގެއަށް ގޮސް ދާންމަތިވެފާއި ތިބޭ ބަލިމީހުންނަށް ޚިދުމަތް ދޭތާ 7 އަހަރު ވެއްޖެ އެވެ. މިގޮތުން ވޭތުވި ހަތްއަހަރު ވެސް، މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބުތަކާއި ހެދި ހިނގާބިނގާވެ އުޅެން އުނދަގޫ ބަލި މީހުންގެ ގާތަށް ކޮމަންޑޫ ސިއްހީ މަރުކަޒުގެ ޓީމެއް ޒިޔާރަތް ކޮށް ފަރުވާދެމުން ގެންދެއެވެ. ކޮމަންޑޫ ސިއްހީ މަރުކަޒާ އަލަށް ގުޅިވަޑައިގައިން ސީނިއާރ އެޑްމިނިސްޓްރޭޓަރ މުޙައްމަދު މުފީދު ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބަލި މީހުން […]