ކެލާ ސްޕަރލީގު 2019 ފުޓްބޯޅަ މުބާރާތް ފެށިއްޖެއެވެ. ހއ. ކެލާ ކައުންސިލުން އިންތިޒާމްކޮށްގެން ހިންގަވާ މި ބުރާތް ފެށުމުގެ ގޮތުން އިއްޔެ ކެލާ ބޯޅަދަނޑުގައި ކުޅެވުނު ފުރަތަމަ މެޗް ޝަރަފުވެރި ކޮށްދެއްވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިނެވެ.

Ad
rt

މި މުބާރާތަކީ ކެލާގައި ހުންނަ ސަރުކާރުގެ އިދާރާތަކާއި ކެލާގައި ވިޔަފާރި ހިންގާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގަވާ މުބާރާތެކެވެ. މި މުބާރާތުގައި ހަތަރު ޓީމެއް ބައިވެރި ވެފައި ވެއެވެ. އެއީ ފެނަކަ ކެލާ ބްރާންޗް، ކެލާ ލިލީ ޕްރީސްކޫލް، އަތިރި އިން ކެލާ، ކެލާ ވޯޓަރ ސްޕޯޓްސްއެވެ. މުބާރާތުގެ ފުތަރަމަ މެޗްގައި ބައްދަލުކުރީ ކެލާ ފެނަކަ ބްރާންޗުގެ ޓީމަކާއި އަތިރި އިން ކެލާ ޓީމެވެ. 2- 0 ލަނޑުން މެޗް ކާމިޔާބުކުރީ ކެލާ ފެނަކަ ޓީމެވެ.

އަތިރި އިންއަކީ ކެލާގައި ދާދިފަހުން ހުޅުވި ގެސްޓްހައުސްއެކެވެ. މި އަދު ކުޅެން ހަމަޖެހިފައިވަނީ ކެލާ ވޯޓަރ ސްޕޯޓްސް ޓީމާއި، ކެލާ ލިލީ ޕްރީސްކޫލްގެ ޓީމެވެ. މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 3:50 ގައެވެ.

ކެލާގެ މުއައްސަސާތަކާއި ވިޔަފާރި ކުރާ ފަރާތްކަށް އަމާޒުކޮށްގެން ހިންގަވާ މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން މިއަހަރު ވަނީ ބައިވެރިވެފައެވެ. އެއީ ކެލާ ވޯޓަރ ސްޕޯރޓްސް، ފެނަކަ ކެލާ ބްރާންޗް، އަތިރި އިން ކެލާ އަދި ކެލާ ލިލީ ޕްރީސްކޫލެވެ. މިމުބާރާތުގެ ފުރަތަމަ މެޗް ގައި ބައްދަލުކުރީ ކެލާ ފެނަކަ ޓީމާއި އަތިރި އިން ކެލާގެ ޓީމެވެ. 2-0 އިން މެޗް ކާމިޔާބު ކުރީ ކެލާ ފެނަކަ ޓީމެވެ. މި މެޗްގެ މޭން އޮފް ދަ މެޗް އަކަށް ހޮވިފައިވަނީ ފެނަކަ ޓީމުގެ ޖާރޒީ ނަންބަރު 5 ނޫރުއްﷲ ޠޯޙާއެވެ.

މިއަދު ކުޅެން ހަމަޖެހިފައިވަނީ ކެލާ ވޯޓަރ ސްޕޯރޓްސް ގެ ޓީމާއި، ކެލާ ލިލީ ޕްރީސްކޫލްގެ ޓީމެވެ. މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 3:50 ގައެވެ.

މިމުބަރާތް ސްޕޮންސާ ކޮއްފައިވަނީ އެސް.ޓީ.އޯ ، ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް، ޥެމްކޯ އެވެ. އަދި މިމުބާރާތުގެ ފްލައިން ޕާރޓްނަރަކީ މޯލްޑިވިއަށް އެވެ.