އިސްލާމީ މަރުކަޒުގައި 27 ސީސީޓީވީ ކެމެރާ ހަރުކުރަން ބަޔަކާއި ހަވާލުކޮށްފި އެވެ.
އިސްލާމީ މަރުކަޒުގައި ސީސީޓީވީ ކެމެރާ ސަޕްލައިކޮށް ހަރުކުރުމުގެ މަސައްކަތް ކުރުމަށް އިސްލާމިކް މިިނިސްޓްރީން، ސްޕެކްޓްރާ އެކްސްޓްރީމް ޕްރައިވެޓް ލިމިޓެޑާއި އެކު އިއްޔެވަނީ ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ، އިއްޔެ ހަވީރު އިސްލާމިކް މިނިސްޓްރީގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީއެވެ. އަދި ސްޕެކްޓްރާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް ނިޒްވީން އެވެ.
އިސްލާމީ މަރުކަޒުގައި ސީސީޓީވީ ކެމެރާ ސަޕްލައިކޮށް ހަރުކުރުމުގެ މަސައްކަތް ކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، ސްޕެކްޓްރާ އެކްސްޓްރީމް ޕްރައިވެޓް ލިމިޓެޑާއި އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.#MVIaffairs pic.twitter.com/jjxP6Fwx4V
— Ministry of Islamic Affairs (@MVIaffairs) November 27, 2019
އެ މަސައްކަތް 35 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާއިރު އެމަސައްކަތް ހަވާލުކޮށްފައިވަނީ 595،449.98 ރުފިޔާއަށްކަމަށް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ އެއްބަސްވުުމުގެ ދަށުން 27 ކެމެރާ މުޅި މިނިސްޓްރީގެ ގޯތި ތެރޭގަ އާއި މިނިސްޓްރީގެ އެތެރޭގެ ސަރަހައްދުތަކުގެ އިތުރުން މިސްކިތުގެ ބައެއް ސަރަހައްދުގައި ހަރުކުރުމަށް ހަމަޖެހިފަިއވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!