އައްޑޫއިން ކޮލޮމްބޯއަށް ދާ ފަރާތްތަކަށް ސްރީލަންކަން އިން %40 ޑިސްކައުންޓް ދޭ ބޮޑު ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިފެށޭ ޑިސެމްބަރު މަހުގެ ހަތަރު ދުވަހެއްގައި ކޮލޮމްބޯއަށް ދެކޮޅު ޓިކެޓު ބުކް ކުރާ ފަރާތްތަކުން ނަގާ ކޮންމެ ޓިކެޓަކުން %40 ގެ ޑިސްކައުންޓެއް ލިބިގެންދާނެކަމަށާއި މިޕްރޮމޯޝަނުގެ ދަށުން ޓިކެޓު ނެންގެވޭނީ ހަމައެކަނި ޑިސެމްބަރު 2، 5، 6 އަދި 7 ވަނަ ދުވަހުކަމަށް އެކުންފުނިން ބުނެއެވެ.

Ad
rt

ނަމަވެސް މިފަހަރުގެ ޕްރޮމޯޝަނުގައި ޓިކެޓު ބައްލަވައިގަންނަ ފަރާތްތަކަށް ޑިސެމްބަރު 2 އިން ފެށޭ އަހަރުގެ މާޗު 31 ވަނަ ދުވަހާއި ހަމައަށް ދަތުރުކުރުމަށް ޓިކެޓު ބުކް ކުރެވޭނެއެވެ.

ލަންކާގެ ގައުމީ އެއާލައިނަކީ ގަމަށް ހަފްތާއަކު ތިން ފްލައިޓު ޖައްސާ ހަމައެކަނި އިންޓަނޭޝަނަލް އެއާލައިނެވެ. ސްރީ ލަންކަން އިން ގަމަށް ޝެޑިއުލް ފްލައިޓު ފެށިތާ މިވަނީ ތިން އަހަރު ވާން ކައިރިވެފައެވެ.