މުދަލު ޒަކާތް ހަރުދަނާ ކުރުމަށް ބިލެއް ތައްޔާރުކޮށް އޭޖީއަށް ފޮނުވައިފި

9FC9AD13-5DE3-4470-ADDD-6BE3C81BC131

މުދަލު ޒަކާތް ހަރުދަނާ ކުރުމަށް ބިލެއް ތައްޔާރުކޮށް އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދުގެ މަޖިލީހުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މެމްބަރު ކުރައްވާފައިވާ ސުވާލަކީ ރާއްޖޭގައި މުދަލު ޒަކާތް ދެއްކުމަށް މަޖުބޫރު ނުވަނީ ކީއްވެތޯ އާއި މުދަލު ޒަކާތް ދެއްކުން ހަރުދަނާ ކުރުމަށް އެއްވެސް ވަރެއްގެ މަސައްކަތެއް ކުރައްވާތީއެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މުދަލު ޒަކާތް ހަރުދަނާ ކުރުމަށް ސަރުކާރުގެ ފަރާތުން ބިލެއް ތައްޔާރުކޮށް އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި އުއްމީދު ކުރަނީ ވީހާވެސް އަވަހަކަށް އެ ބިލު ވީހާވެސް އަވަހަކަށް ވުޖޫދުވުން ކަމަށެވެ.

މީގެ އިތުރުން ޒަކާތް ދެއްކުމަކީ އިޚްތިޔާރީ ކަމެއް ކަމަށާއި ގަދަކަމުން ނުނެގޭނެ ކަމަށެވެ. އަދި 2022 ވަނަ އަހަރު 90 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގައި މުދަލު ޒަކާތް ހައްގުވާ މީހުންގެ ޖުމްލަ އަދަދު މިވަގުތު ހަނދާން ނެތް ކަމަަށް މިނިސްޓަރ ވިދާޅުވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ މުދަލު ޒަކާތް ހައްގުވާ 5777 މީހުން އެބަތިބި ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި