ސިޙްރު ޖެހުމުގެ ކުރިން އެކަމުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ.

އެގޮތުން މިލިއުމުގައި މި ހިއްސާކޮށްލަނީ "ސިޙްރު ޖެހުމުގެ ކުރިން އެކަމުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ 11 ކަމެއް" ތިރީގައި ހިއްސާކޮށްލާނަމެވެ.

Ad
rt

1- ﷲ އަށް ވަކީލުކުރުން:

ފަހެ، މުއުމިނުމީހާގެ ހިތް އަބަދުވެސް ގުޅިފައިވަނީ އޭނާ ހައްދަވާ ގެންގުޅުއްވާ އިލާހާއެވެ. އަދި އޭނާގެ ހުރިހާކަމެއް ބަރޯސާކުރާނީ ﷲ އަށެވެ. އަދި ހަމަކަށަވަރުން ﷲގެ އިޛްނަފުޅާ ލައިގެން މެނުވީ އޭނާއަށް އެއްވެސް ގެއްލުމެއް ނުވާނޭކަން އޭނާ ދަނެތެވެ.

އެއީ ނަބިއްޔާ، ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. « وَاعْلَمْ أَنَّ الأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ، وَلَوْ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ، رُفِعَتِ الأَقْلَامُ وَجَفَّتْ الصُّحُفُ» (1)

މާނައީ " ތިބާ ދެނެގަތުން ހުއްޓެވެ! ހަމަކަށަވަރުން އުންމަތް ތިބާއަށް މަންފާޢެއް ހޯދައިދިނުމަށް އެއްވިކަމުގައި ވީނަމަވެސް ﷲ ތިބާއަށް ލިއުއްވާފައިވާ މަންފާޢެއް މެނުވީ އެބައިމީހުންނަށް ތިބާއަކަށް ހޯދައެއް ނުދެވޭނެއެވެ. އަދި ހަމަކަށަވަރުން އެބައިމީހުން ތިބާއަށް ގެއްލުމެއް ދިނުމަށްޓަކައި އެއްވިކަމުގައިވީ ނަމަވެސް ﷲ ތިބާގެ މައްޗަށް ލިއުއްވާފައިވާ ކަމެއް މެނުވީ އެބައިމީހުންނަކަށް ތިބާގެމައްޗަކަށް ނުޖެއްސޭނެތެވެ. ޤަލަންތައްވަނީ އުފުލިގެންނެވެ. އަދި ސުޙްފުވަނީ ލިޔެވިފައެވެ."

އަދި ކޮންމެ ސިޙްރަކުން، ސިޙްރުހެދޭ މީހާއަށް އަޘަރެއް ނުކުރާނެތެވެ. ފަހެ، ކިތައް ސިޙްރުވެރިން ސިޙްރުހަދައި، ސިޙްރު ހެދޭމީހާއަށް އަޘަރުނުކޮށް ވޭހެއްޔެވެ! ހުސްޠާހިރުވަންތަ ﷲ ވަޙީކުރައްވާފައިވެއެވެ.

وَمَا هُمْ بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ ۚ

މާނައީ " އަދި ﷲގެ އިޛްނަފުޅާ ލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެއުރެން ނުވެތެވެ."

އަދި ކައުނު ފަސާދަކުރުމަށް ޝައިޠާނުންނަށް މަގެއް ފެނިފައިވަނީ ކޮންއިރަކު ހެއްޔެވެ؟!!

2- ﷲ ތަޢާލާގެ މަތިން ގިނައިން ހަނދުމަކުރުން:

( އެގޮތުން ) ޤުރުއާން ކިޔެވުމާއި، އިސްތިޣްފާރުކުރުމާއި، ތަސްބީޙަ ކިޔުމާއި ހުރިހާވައްތަރެއްގެ ޛިކުރުކުރުން ގިނަކުރުން ފަހެ، އެއީ ﷲގެ އިޛްނަފުޅާލައިގެން ނުބައިކަންތައްތަކުން ސަލާމަތްކޮށްދޭނޭ ކިއްލާއެކެވެ. އަދި މީސްތަކުން ﷲއާއި ދުރުވެ، އެއިލާހުގެ ޙަޟްރަތުން ޙިމާޔަތް ޙޯދުމާއި އެއިލާހުގެ ޙަޟްރަތަށް ރުޖޫޢަވުމާއި ދުރުވާވަރަކަށް، އެބަޔަކަށް ޖެހޭ މުޞީބާތްތައް ބޮޑުވާނެއެވެ. އަދި އެބައިމީހުންނަށް ކުރިމަތިވާ ބަލާތައް ބޮޑުވެ، އިންސާނުންނާއި ޖިންނީންގެތެރެއިންވާ ޝައިޠާނުންނަށް އެބައިމީހުންގެ މައްޗަށް ގަދަވުމުގެ މަގެއް ހުޅުވިގެން ދެއެވެ.

އިބުނުލް ޤައްޔިމު ވިދާޅުވެފައިވެއެވެ. (( ފަހެ، ﷲގެ ޙަޟްރަތުން ހިތްހަމަޖެހުން ލިބި އެމީހާގެ ހިތްފުރި، އެއިލާހުގެ މަތިން ހަނދުމަ ކުރުމުގައި ދެމިހުރެ، އެއިލާއަށް ކުއްތަންވާނޭގޮތްތަކާއި، ދުޢާތަކާއި ޛިކުރުތައް، އަދި ރައްކާތެރިކަން ހޯދުމަށް ކިޔާ ދުޢާތަކާއި ދޫކޮށް ނުލާ ދެމިހުންނަ ވިރުދުތައް އޭނާއަށް ލިބިފައިވުމާއެކު، ދުލުން ކިޔާއެއްޗަކާއި ހިތާއި އެގޮތްވުމަކީ މިއީ އެމީހަކަށް ސިޙްރުޖެހުމުން ސަލާމަތްކޮށްދޭނެ އެންމެ ބޮޑުވެގެންވާ ސަބަބުތަކެވެ. އަދި ސިޙްރުޖެހުމަށްފަހު އެމީހާ އެކަމުން ސަލާމަތްވާނޭ ފަރުވާތަކެވެ.))(1)

3- ފާފަތަކާ ދުރުހެލިވުން:

ޚާއްޞަކޮށް މިއުޒިކު އަޑުއެހުމާ ދުރަށް ދިއުންވެއެވެ. ފަހެ، ހަމަކަށަވަރުން އެކަމަކީ ގެތަކާއި ނަފުސުތަކަށް ޝައިޠާނުން އައުމުގެ އެންމެބޮޑު ސަބަބެވެ. އަދި ޤުރުއާން ކިޔެމުމާއި ﷲއަށް ޛިކުރު ކުރުމަކީ ޝައިޠާނުން ދުރުކޮށްދޭ ކަމެކެވެ.

4- މުސްލިމުންނާއެކު ޖަމާޢަތުގައި މިސްކިތުގައި ފަތިސްނަމާދު ކުރުމަށް ރައްކާތެރިވުން:

ނަބިއްޔާ‘ ޙަދީޘް ކުރެއްވިއެވެ. « مَنْ صَلَّى الصُّبْحَ فَهُوَ فِي ذِمَّةِ اللهِ »(2) މާނައީ " ފަތިސްނަމާދު ކޮށްފިމީހާ ވަނީ ފަހެ، ﷲގެ އަމާންކަމުގެ ދަށުގައެވެ. "

އަދި ﷲގެ އަމާންކަމުގެ ދަށުގައިވާ މީހެއްގެމައްޗަށް ޝައިޠާނާއަށް މަގެއް ނުވެއެވެ.

5- ގޭގައި ބަޤަރާ ސޫރަތްކިޔެވުން:

ނަބިއްޔާ ‘ ޙަދީޘް ކުރެއްވިއެވެ. « اقْرَءُوا سُورَةَ الْبَقَرَةِ، فَإِنَّ أَخْذَهَا بَرَكَةٌ، وَتَرْكَهَا حَسْرَةٌ، وَلَا تَسْتَطِيعُهَا الْبَطَلَةُ »(1) މާނައީ " ތިޔަބައިމީހުން ސޫރަތުލް ބަޤަރާ ކިޔަވާށެވެ! ފަހެ، ހަމަކަށަވަރުން އެކަންކުރުމަކީ ބޮޑުވެގެންވާ މަންފާއެކެވެ. އަދި އެކަން ނުކޮށް ދޫކޮށްލުމަކީ ( ޤިޔާމަތް ދުވަހު ) ބޮޑުވެގެންވާ ގެއްލުމެކެވެ. އަދި އެސޫރަތް ބާޠިލުކުރުމަކީ ސިޙްރުވެރިންނަށް ނުވާނޭ ކަމެކެވެ. "

އަދިވެސް ނަބިއްޔާ ‘ ޙަދީޘް ކުރެއްވިއެވެ. « إِنَّ الشَّيْطَانَ يَفِرُّ مِنَ الْبَيْتِ الَّذِي تُقْرَأُ فِيهِ سُورَةُ الْبَقَرَةِ »(2) މާނައީ " ހަމަކަށަވަރުން އެ ގެއެއްގައި ބަޤަރާ ސޫރަތް ކިޔެވޭ ގެއަކުން ޝައިޠާނާ ފިލަންދުވާނެތެވެ."

6- ހެނދުނާއި ހަވީރު " އަލް މުޢައްވިޛަތައިނި " ( ފަލަޤި އަދި ނާސި ސޫރަތް ) ކިޔެވުމަށް ރައްކާތެރިވުން:

ހެނދުނާއި ހަވީރު " އަލް މުޢައްވިޛަތައިނި " ( ފަލަޤި އަދި ނާސި ސޫރަތް ) ކިޔެވުމަށް ރައްކާތެރިވުންވެއެވެ. އަދި ޢުޤުބަތަ ބުން ޢާމިރު رضي الله عنه އަށް މިދެސޫރަތް ކިޔެވުމަށް ނަބިއްޔާ‘ ވަޞިއްޔަތް ކުރެއްވިއެވެ. ނަބިއްޔާ‘ އެބޭފުޅާއަށް ވިދާޅުވިއެވެ. « تَعَوَّذْ بِهِمَا فَمَا تَعَوَّذَ مُتَعَوِّذٌ بِمِثْلِهِمَا»(3) މާނައީ " އެދެސޫރަތުން ތިބާ ރައްކާތެރިކަން ހޯދާށެވެ. ފަހެ،ރައްކާތެރިކަން ހޯދާމީހަކު އެދެސޫރަތް ފަދަ އެއްޗަކުން ރައްކާތެރިކަން ނުހޯދައެވެ."

އިބުނުލް ޤައްޔިމު ވިދާޅުވެފައިވެއެވެ. (( ނޭވާލުމަށާއި ކެއުންބުއިމަށާއި އަންނައުނަށް ބޭނުން ޖެހިފައިވާ މިންވަރަށްވުރެ ބޮޑަށް މިދެސޫރަތުން ( ފަލަޤި އަދި ނާސި، މިދެސޫރަތުން ) ރައްކާތެރިކަމަށް އެދުން، އަޅާއަށް ބޭނުން ޖެހިގެންވުން ބޮޑުވެގެންވެއެވެ.))(4)

7- ރޭގަނޑާއި ދުވާލު އަދި ބިނާތަކުގެ ތެރޭގައި ނުވަތަ ޞަޙަރާގައި ނުވަތަ ޖައްވުގައި ނުވަތަ ކަނޑުގައި ކޮންމެ މަންޒިލަކަށް ފޭބުމަށް ފަހު، ﷲގެ ފުރިހަމަވެގެންވީ ކަލިމަފުޅުތަކުން، ހުރިހާއެއްޗެއްގެ ނުބައިކަމަކުން ގިނަގިނައިން ރައްކާތެރިކަން ހޯދުންވެއެވެ.

ނަބިއްޔާ‘ ޙަދީޘް ކުރައްވާފައިވެއެވެ. « مَنْ نَزَلَ مَنْزِلًا ثُمَّ قَالَ: أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ، لَمْ يَضُرَّهُ شَيْءٌ، حَتَّى يَرْتَحِلَ مِنْ مَنْزِلِهِ ذَلِكَ »(1) މާނައީ " މީހަކު މަންޒިލަކަށް ފޭބުމަށް ފަހު ވިދާޅުވެއެވެ. أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ ( އަހުރެން ﷲގެ ފުރިހަމަވެގެންވީ ކަލިމަފުޅުތަކުން ހުރިހާ މަޚުލޫޤުންގެ ނުބައިކަމުން ރައްކާތެރިކަމަށް އެދެމެވެ. ) އެމީހަކު އެމަންޒިލުން ނުކުމެއްޖައުމަށް ދާންދެން، އެއްވެސް އެއްޗެއްގެ ފަރާތުން އޭނާއަކަށް ގެއްލުމެއް ނުވާނެއެވެ.

8- ރޭގަނޑުގެ ކުރީކޮޅުގައި ބަޤަރާ ސޫރަތުގެ ފަހުދެއާޔަތް ކިޔެވުން:

އެދެއާޔަތަކީ، آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ‎﴿٢٨٥﴾‏ لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ‎﴿٢٨٦﴾‏

މާނައީ: رسول އާއަށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآن އަށް) رسول އާއާއި مؤمن ން إيمان ވިއެވެ. އެ އެންމެންމެ اللَّه އާއި، އެކަލާނގެ ملائكة ންނާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކާއި، އެކަލާނގެ ފޮނުއްވި رسول ންނަށް إيمان ވިއެވެ. (އެއުރެން ބުނެތެވެ.) ތިމަންމެން، އެކަލާނގެ رسول ންގެ ތެރެއިން އެކަކާމެދުވެސް ތަފާތެއް ނުކުރަމުއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަފުއްސަވައިފާނދޭވެއެވެ! އަދި، އެނބުރި ދިއުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ. اللَّه، އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ تكليف އެއް ނުޖައްސަވައެވެ. އެ نفس އެއް ހޯދި ހެޔޮކަމެއް (ގެ ثواب) އެ نفس އަކަށް ވެއެވެ. އަދި، އެ نفس އެއް ހޯދި ނުބައިކަމެއް (ގެ عقاب) އެ نفس އެއްގެ މައްޗަށްވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، قصد އެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް عقوبات ނުދެއްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި، އަޅަމެންނަށް عفو ކުރައްވާނދޭވެ! އަދި، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި، އަޅަމެންނަށް رحمة ލައްވާނދޭވެ! އިބަރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، كافر ވެގެންވާ قوم ގެ މައްޗަށް އަޅަމެންނަށް نصر ދެއްވާނދޭވެ!

ނަބިއްޔާ ‘ ޙަދީޘްފުޅުކުރައްވާފައިވެއެވެ. «مَنْ قَرَأَ هَاتَيْنِ الْآيَتَيْنِ مِنْ آخِرِ سُورَةِ الْبَقَرَةِ فِي لَيْلَةٍ كَفَتَاهُ»(3)

މާނައީ " ބަޤަރާ ސޫރަތުގެ ފަހު މިދެއާޔަތް ރޭގަނޑެއްގައި ކިޔަވައިފި މީހާގެ ކިބައިން ހުރިހާ ނުބައިކަމެއް ދުރުކުރުމަށް އެދެއާޔަތް އޭނާއަށް ފުދިގެންވެއެވެ."

9- ނިދުމުގެ ކުރިން އާޔަތުލް ކުރުސިއްޔު ކިޔުން:

ނަބިއްޔާ ‘ ޙަދީޘް ކުރައްވާފައިވެއެވެ. މާނައީ (( ނިދަން އޮށޯންނަމުން އެއާޔަތް ( އާޔަތުލް ކުރުސިއްޔި ) ކިޔަވައިފިމިހާގެމައްޗަށް ﷲގެ ޙަޟްރަތުން ރައްކާތެރިކަމެއް ލައްވަވައެވެ. އަދި ހެނދުނުވެއްޖައުމަށް ދާންދެން ޝައިޠާނެއް އެމީހަކާ ގާތްނުވާހުއްޓެވެ. ))

10- މަދީނާގެ ޢަޖުވާގެ ހަތް އޮށް ކަދުރު ހެނދުނުގައި ކެއުން

މަދީނާގެ ޢަޖުވާގެ ހަތް އޮށް ކަދުރު ހެނދުނުގައި ކެއުންވެއެވެ. އަދި ޢަޖުވާ އަކީ މަދީނާގެ ކަދުރުގެ ވައްތަރެކެވެ.

ނަބިއްޔާ ‘ ޙަދީޘް ކުރައްވާފައިވެއެވެ. « مَنْ تَصَبَّحَ بِسَبْعِ تَمَرَاتٍ عَجْوَةً، لَمْ يَضُرَّهُ ذَلِكَ الْيَوْمَ سُمٌّ، وَلَا سِحْرٌ »

މާނައީ " މީހަކު ހެނދުނު ހުސްބަޑާހުރެ ޢަޖުވާ ކަދުރުގެ ހަތްއޮށް ކައިފިނަމަ އެދުވަހެއްގައި ވިހައަކުން އަދި ސިޙްރަކުން އެމީހަކަށް ގެއްލުމެއް ނުވާނެއެވެ."

11- ހެނދުނާ ހަވީރުގެ ވިރުދުތަކަށް ރައްކާތެރިވުން:

  • އާޔަތުލް ކުރުސިއްޔު ކިއުން ވެއެވެ. اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ‎﴿٢٥٥﴾
    މާނައީ: "اللَّه އީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއް ވެވޭ إله އަކުނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، دائم އަށް قائم ވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ. އުޑުތަކުގައި ވާހައި އެއްޗަކާއި، އަދި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ إذن ފުޅާ ނުލައި އެކަލާނގެ حضرة ގައި شفاعة ތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟ އެއުރެންގެ ކުރިން (އެބަހީ: خلق ތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެއުރެންގެ ފަހުން ވާނޭހައި ކަމެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި، އެކަލާނގެ علم ފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވިކަމެއް ފިޔަވައި، އެއްވެސް އެއްޗެއް އެއުރެންނަކަށް އެނގިގެނެއް ނުވެއެވެ. އެކަލާނގެ كرسى، އުޑުތަކާއި، ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސް ވެގެންވެއެވެ. އެ އުޑުތަކާއި، ބިން، ރައްކާތެރި ކުރައްވައި ހިފެހެއްޓެވުމަށް އެކަލާނގެ حضرة އަކަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި، އެކަލާނގެއީ، އެންމެ މަތިވެރި އެންމެ މާތް ރަސްކަލާނގެއެވެ."
  • ބަޤަރާ ސޫރަތުގެ ފަހުދެއާޔަތް ކިޔެވުންވެއެވެ. އެދެއާޔަތަކީ آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ‎﴿٢٨٥﴾‏ لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ‎﴿٢٨٦﴾‏ މިއެވެ.
  • ހެނދުނާއި ހަވީރު " އަލް މުޢައްވިޛަތައިނި " ( ފަލަޤި އަދި ނާސި ސޫރަތް ) ކިޔެވުންވެއެވެ. އެދެސޫރަތަކީ

    سورة الفلق

    قُلْ أَعُوذُ بِرَبِّ الْفَلَقِ ‎﴿١﴾‏ مِن شَرِّ مَا خَلَقَ ‎﴿٢﴾‏ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ‎﴿٣﴾‏ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ‎﴿٤﴾‏ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ‎﴿٥﴾‏

    سورة الناس

    قُلْ أَعُوذُ بِرَبِّ النَّاسِ ‎﴿١﴾‏ مَلِكِ النَّاسِ ‎﴿٢﴾‏ إِلَٰهِ النَّاسِ ‎﴿٣﴾‏ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ‎﴿٤﴾‏ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ‎﴿٥﴾‏ مِنَ الْجِنَّةِ وَالنَّاسِ ‎﴿٦﴾‏

  • ނަބިއްޔާ ‘ ޙަދީޘް ބަސްފުޅު ((بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ )) ކިއުންވެއެވެ. މާނައީ " ﷲގެ އިސްމުފުޅުން އަހަރެން ރައްކާތެރިކަމަށް އެދެމެވެ. އެއިލާހުގެ އިސްމުފުޅުން ރައްކާތެރިކަން ހޯދާމީހަކަށް އުޑާއި ބިމުގައިވާ އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި އެކަލާނގެއީ (އަޅުތަކުންގެ އަޑު ) މޮޅަށް އަޑުއައްސަވާ ( އުޑާއި ބިމުގައިވާ ހުރިހާކަމެއް ) މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. "

ނަބިއްޔާ ‘ ޙަދީޘް ކުރެއްވިއެވެ. (( އެދުޢާ ހެނދުނުވުމުން ތިންފަހަރު އަދި ހަވީރުވުމުން ތިންފަހަރު ކިޔައިފި މީހަކަށް އެއްވެސް ގެއްލުމެއް ނުވާހުއްޓެވެ.))(4)

  • «: أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ » ކިއުންވެއެވެ.

ނަބިއްޔާ ‘ ޙަދީޘް ކުރައްވާފައިވެއެވެ. « مَنْ نَزَلَ مَنْزِلًا ثُمَّ قَالَ: أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ، لَمْ يَضُرَّهُ شَيْءٌ، حَتَّى يَرْتَحِلَ مِنْ مَنْزِلِهِ ذَلِكَ »(1) މާނައީ " މީހަކު މަންޒިލަކަށް ފޭބުމަށް ފަހު ވިދާޅުވެއެވެ. أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ ( އަހުރެން ﷲގެ ފުރިހަމަވެގެންވީ ކަލިމަފުޅުތަކުން ހުރިހާ މަޚުލޫޤުންގެ ނުބައިކަމުން ރައްކާތެރިކަމަށް އެދެމެވެ. ) އެމީހަކު އެމަންޒިލުން ނުކުމެއްޖައުމަށް ދާންދެން، އެއްވެސް އެއްޗެއްގެ ފަރާތުން އޭނާއަކަށް ގެއްލުމެއް ނުވާނެއެވެ.

  • «أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لَامَّةٍ» ކިއުންވެއެވެ.
    މާނައީ " އަހުރެން ﷲގެ ފުރިހަމަވެގެންވީ ކަލިމަފުޅުތަކުން ކޮންމެ ޝައިޠާނަކާއި ކޮންމެ މަޚުލޫޤަކާއި އަދި ނުބައި ކޮންމެ ލޮލެއްގެ ނުބައިކަމުން ރައްކާތެރިކަމަށް އެދެމުއެވެ. " އިބުނު ޢައްބާސް رضي الله عنه ވިދާޅުވިއެވެ. ނަބިއްޔާ‘ ( މިދުޢާއިން) ޙަސަނާއި ޙުސައިން އަށް ﷲގެ ޙަޟްރަތުން ރައްކާތެރިކަން ހޯއްދަވަތެވެ. އަދި އަދީޘް ކުރެއްވިއެވެ. (( ހަމަކަށަވަރުން އިސްމާޢީލާއި އިސްޙާޤަށް ތިޔަދެބެއިން (ޙަސަނާއި ޙުސައިން ) ގެ ބައްޕަ ( އިބުރާހީމް عليه السلام ) މިދުޢާއިން ﷲގެ ޙަޟްރަތުން ރައްކާތެރިކަން ހޯއްދަވަތެވެ. ))
  • « أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ الَّتِي لَا يُجَاوِزُهُنَّ بَرٌّ وَلَا فَاجِرٌ، مِنْ شَرِّ مَا خَلَقَ وَذَرَأَ وَبَرَأَ، وَمِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ، وَمِنْ شَرِّ مَا يَعْرُجُ فِيهَا، وَمِنْ شَرِّ مَا ذَرَأَ فِي الْأَرْضِ، وَمِنْ شَرِّ مَا يَخْرُجُ مِنْهَا، وَمِنْ شَرِّ فِتَنِ اللَّيْلِ وَالنَّهَارِ، وَمِنْ شَرِّ كُلِّ طَارِقٍ إِلَّا طَارِقًا يَطْرُقُ بِخَيْرٍ يَا رَحْمَنُ »

މާނައީ " ނެތުމުގެ ތެރެއިން ( ﷲ ) ހައްދަވާފައިވާ ތަކެތީގެ ނުބައިކަމުންނާއި (ބިމުގައި) ފަތުރުއްވާފައިވާ ތަކެތީގެ ނުބައިކަމުންނާއި ޙައިވާނުންގެ ނުބައިކަމުންނާއި އުޑުން ފައިބާހާ (ޢުޤޫބާތްތަކުގެ) ނުބައިކަމަކުންނާއި އެއުޑުގެ ތެރެއަށް ވަންނަހާ( ޔަޢްނީ: ޢުޤޫބާތް ޙައްޤުވާފަދަ ފާފަތަކުގެ ) ނުބައިކަމުންނާއި ބިންމަތީގައިވާހާ ނުބައިކަމަކުންނާއި އެބިމުން ނުކުންނަހާ ނުބައިކަމަކުންނާއި ރޭގަނޑާއި ދުވާލުގެ ފިތުނަތަކުން، ކިޔަމަންތެރިއަކަށްވެސް އަދި ނުކިޔަމަންތެރިއަކަށް ވެސް އެކަލިމަތައް ފަހަނައަޅައި ނުދެވޭނެ ﷲގެ ފުރިހަމަވެގެންވީ ކަލިމަފުޅުތަކުން މިއަޅާ ރައްކާތެރިކަމަށް އެދެމެވެ. އޭ ރަޙްމާންވަންތަ އިލާހެވެ! އަދި ހެވަކާއިގެން ނޫންގޮތަކަށް ރޭގަނޑު އަންނަ ކޮންމެ އެއްޗެއްގެ ނުބައިކަމުން މިއަޅާ ރައްކާތެރި ކުރައްވާށިއެވެ! "

  • « حَسْبِيَ اللَّهُ لَا إِلَهَ إِلَّا هُوَ، عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ » ހަތްފަހަރު ކިއުންވެއެވެ. (( މަނައީ: އަހަރެންނަށް ﷲ ފުދެއެވެ. އެއިލާހު މެނުވީ ޙައްޤު އިލާހަކު ނުވެއެވެ. މިއަޅާ އެއިލާއަށް ވަކީލު ކޮށްފީމެވެ. އަދި އެއިލާހުއީ މަތިވރިވެގެންވާ ޢަރުޝީގެ ރައްބެވެ.))
  • އަބޫބަކުރު – رضي الله عنه - ވިދާޅުވިއެވެ. އޭﷲގެ ރަސޫލާއެވެ! ހެނދުނާއި ހަވީރުވުމުން ކިޔާނޭ އެއްޗަކަށް މިއަޅާއަށް އަމުރުކުރައްވާށެވެ. ޙަދީޘް ކުރެއްވިއެވެ.ތިބާވިދާޅުވާށެވެ.
    (( اللَّهُمَّ عَالِمَ الْغَيْبِ وَالشَّهَادَةِ فَاطِرَ السَّمَوَاتِ وَالْأَرْضِ رَبَّ كُلِّ شَيْءٍ وَمَلِيكَهُ أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ أَعُوذُ بِكَ مِنْ شَرِّ نَفْسِي وَمِنْ شَرِّ الشَّيْطَانِ وَشِرْكِهِ އަދި އެހެން ރިވާޔަތެއްގައިވެއެވެ. وَأَنْ أَقْتَرِفَ عَلَى نَفْسِي سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ ))
    މާނައީ " އޭ ﷲއެވެ! އިބައިލާހުއީ ޣައިބުގައިވާ ކަންތައްތަކާއި ފެންނަކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އޭ އުޑުތަކާއި ބިންތައް އެއްވެސް މިޘާލެއް ނެތި ހެއްދެވި އިލާހެވެ! އިބައިލާހުއީ ހުރިހާ އެއްޗެއްގެ ރައްބެވެ. އަދި އެހުރިހާ އެއްޗެއް މިލްކުވެގެންވަނީވެސް އިބައިލާހަށެވެ. އިބައިލާހު މެނުވީ ޙައްޤުގޮތުގައި އަޅުކަންކުރެވޭ އެހެން އިލާހަކު ނުވެއެވެ. މިއަޅާގެ ނަފްސުގެ ނުބައިކަމުންނާއި ޝައިޠާނާގެ ނުބައިކަމާއި އޭނާގެ ޝިރުކުންނާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުންނާއި ނުވަތަ މުސްލިމަކަށް ގެއްލުންދިނުމުން އިބައިލާހުގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ. ޙަދީޘް ކުރެއްވިއެވެ.ހެނދުނާއި ހަވީރާއި އަދި ނިދުމުގެ ކުރިން މިދުޢާކުރާށެވެ."
  • (( لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ))މާނައީ " ﷲ މެނުވީ ޙައްޤުގޮތުގައި އަޅުކަންކުރެވޭ އިލާހަކު ނުވެއެވެ. އަދި އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް ބައިވެރިޔަކު ނުވެއެވެ. ވެރިކަން މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި ހުރިހާ ރިވެތިޘަނާއެއް ޙައްޤުވަނީ އެއިލާހަށެވެ. އަދި އެކަލާނގެއީ ހުރިހާކަމަކަށް ކުޅަދުންވަންތަ އިލާހެވެ." ނަބިއްޔާ ‘ ޙަދީޘް ކުރެއްވިއެވެ. (( މިދުޢާ ދުވާލަކު 100 ފަހަރު ކިޔައިފި މީހާއަށް 10 އަޅުން މިނިވަންކުރުމުގެ ދަރުމަލިބޭނެއެވެ. އަދި އޭނާއަށް 100 ހެޔޮކަން ލިޔުއްވޭ ހުއްޓެވެ. އަދި އޭނާއަށް ކުރެވިފައިވާ 100 ފާފަ ފޮހެވިގެންދެއެވެ. އަދި އެދުވަހު ހަވީރުވަންދެން އޭނާ ޝައިޠާނާގެ ކިބައިން ރައްކާތެރިކުރައްވާނެތެވެ. އަދި (ޤިޔާމަތްދުވަހު) އެމީހާއަށް ވުރެ ފުރިހަމަ ހެޔޮޢަމަލަކާއިގެން އައިމީހަކު ނުވެއެވެ. އެއަށްވުރެ އިތުރަށް އެޛިކުރުކުރި މީހަކުމެނުވީއެވެ. ))

އަދި ހެނދުނާއި ހަވީރުގެ ވިރުދުތަކަށް ފަރުވާ ކުޑަކޮށް ދޫކޮށްލުމަކީ އިންސާނާގެ މައްޗަށް ޝައިޠާނުން ގަދަވެގަތުމުގެ އެންމެބޮޑު ސަބަތަކުގެ ތެރެއިންވާކަމެކެވެ. އަދި އެސްފީނާ ޖެހުމުގެ ތެރެއިންވާ ކަމެއްވެސް މެއެވެ.

އިބުނުލްޤައްޔިމު ވިދާޅުވެފައިވެއެވެ. (( އަދި ނުބައިވެގެންވީ ރޫޙުތައް ( ޝައިޠާނުން ) އޭނާގެ އަހުލުންގެ މައްޗަށް ގަދަވެގަންނަނީ އެބައިމީހުންގެ ދީންވެރިކަން ކުޑަވުމާއި އެބައިމީހުންގެ ހިތްތައް ޚަރާބުވުމާއި ޛިކުރުތަކާއި ރައްކާތެރިކަން ހޯދުމަށްޓަކައި ކުރާ ދުޢާތަކާއި ހިތުން ތެދުކުރާ ނަބަވީ ދުޢާތައްކުރުމުން އެބައިމީހުންގެ ދޫތައް ޚަރާބުވެފައިވުމުންނެވެ. ))

އެޑިޓަރުގެ ނޯޓް: "އެމީހާގެ ދީން ވިއްކާލާ މީހާ" އަރަބި ބަހުން ލިޔެފައިވާ މިފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވަނީ އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު އެވެ. ސިލްސިލާ ގޮތެއްގައި މިނޫހުގެ ކިއުންތެރިންނާއި ހަމައަށް މިފޮތުގެ ބައިތަށް ގެނެސްދިނުމަށް އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު، ރުހުން ދެއްވާފައިވާކަމީ މިނޫހުގެ ކިއުންތެރިންނާއި މެނޭޖްމަންޓްގެ ފަރާތުން ވަރަށް އުފާކުރާކަމެކެވެ. މިފަދަ އަގުހުރި އެތަކެއް މަސައްކަތްތަކެއް، އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދުއަށް ކުރުމުގެ ތަޢުފީގު ދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.