ސިޙްރުވެރިޔާއާއި ކާހިނުކަލޭގެއާއި ޢައްރާފާއި މުޝަޢްވިޛުގެ ތަފާތު!
އަލްޢައްރާފު: އެއީ ލޮލަށް ނުފެންނަ ކަންތައްތައް އެނގޭކަމަށް ދަޢްވާކުރާ މީހާއެވެ. ފަހެ، މިޘާލަކަށް ފަރުދާގެ އަނެއްފަރާތުގައިވާ ކަންތައްތައް އެނގޭކަމަށް ދަޢްވާކުރުމެވެ. އަދި މިޘާލަކަށް މިވަގުތުގައި މީހަކު ކުރާކަންތަކުގެ ވާހަކަ އޭނާ އެހެންރަށެއްގައިވާ ޙާލު އެނގޭކަމަށް ދަޢްވާކުރުމެވެ. އަދި މިފަދަ އެންމެހާ ކަމެކެވެ. ޢައްރާފުންގެ ގާތަށް ދިއުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ އެބައިމީހުންގެ ގާތަށް ދާމީހާ ކާފަރުވާނޭކަމުގެ ވަރުގަދަ ވަޢީދުގެ ބަސްފުޅު ވާރިދުވެފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައް...