ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ހއ. އުތީމުން އެ އަތޮޅު ދިއްދޫއަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީ ގައި ވަޑައިގެންފި އެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް އެމަނިކުފާނު ދިއްދޫ އަށް ވަޑައިގަތުމުން ވަނީ އެރަށު ރައްޔިތުންގެ ފަރާތުން ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
އާރްޓީއެލް ފެރީ ނިޒާމަކީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ފަސޭއިން ހެޔޮ އަގުގައި ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ރައީސް ސާލިހުގެ ސަރުކާރުން ފަށަފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއު ގެ ޚިދުމަތް މިހައިތަނަށް ފަށާފައިވަނީ ހއ އަތޮޅާއި ހދ އަދި ށ އަތޮޅުގަ އެވެ. އެމްޓީސީސީން ޒޯން އެކެއްގައި ހިމެނޭ މި ތިން އަތޮޅުގެ ހުރިހާ ރަށަކަށް ފެރީގެ ހިދުމަތް ލިބޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ގައުމީ ފެރީގެ ނިޒާމުން ތިން ޒޯނަކަށް ބަހާލާ ހަ ރީޖަނެއްގައި ހިދުމަތް ދިނުމަށް ސަރުކާރުގެ ނޭޝަނަލް ސްޕެޝަލް ޕްލޭން 2020-2040 ގައި ހިމަނާފައި ވެއެވެ.
Raees @ibusolih Boduthiladhunmahchah kurahvaa dhathuru therein Ha.Utheemu ▶️ Ha.Dhidhdhoo ah @RTLnetwork Ferry ga #BoduBadhalu pic.twitter.com/Mfyw8U6DhM
— Hisko (@HiskoMan) September 27, 2022
އާރްޓީއެލް ފެރީ ނެޓްވޯކުން ހަ ސަރަހައްދުގައިވާ ހުރިހާ ރަށްތަކެއް ގުޅުވައިލާ އިރު، އެއް ސަރަހައްދު އަނެއް ސަރަހައްދާ ވެސް ގުޅުވައިލާނެ އެވެ. ފަސިންޖަރުން އުފުލާ ފެރީ ގުޅުވައި ލާނީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!