ދެ ރަށެއްގެ ކަރަންޓު ވިއުގައަށް ބޭނުންވާ ކޭބަލް ސްޓެލްކޯއިން ފޮނުވައިފި
ވ. ކެޔޮދޫ އާއި އއ. ރަސްދޫ ގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރަން ބޭނުންވާ ކޭބަލް އެ 2 ރަށަށް ފޮނުވައިފިއެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފައިވަނީ މި 2 ރަށުގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ. އެކުންފުނިން ބުނެފައިވަނީ މިހާރު ކުރިއަށްދަނީ މި މަޝްރޫއު ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީގެ މަސައްކަތްކަމަށެވެ. ސްޓެލްކޯއިން އަންނަނީ އެ ކުންފުނިން ހިދުމަތްދޭ ރަށްރަށުގެ ކަރަންޓުގެ ހިދުމަތް ރަނގަޅު […]