ސްޓެލްކޯ އެޕުން ބިލް ދައްކައިގެން 1000ރ. ހޯދުމުގެ ފުރުޞަތު

CA4FA221-CB3F-4158-B7E5-18D5E7CAD04B

ސަރުކާރުގެ މައި ކަރަންޓް ކުންފުނި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ އެޕްލިކޭޝަން މެދުވެރިކޮށް ބިލް ދައްކައިގެން 10 ކަސްޓަމަރަކަށް 1،000ރ. ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ސްޓެލްކޯ އިން މިއަދު ބުނެފައިވަނީ މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށް އެޕްލިކޭޝަން މެދުވެރިކޮށް ބިލް ދައްކާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތަކުން ކަމަށެވެ. އަދި އެ މުއްދަތުގައި ދައްކާ ބިލަކީ ކޮންމެހެން އެންމެ ފަހުގެ ބިލަކަށް ވާން ނުޖެހޭކަމަށެވެ.

އޭގެ ކުރީ ބިލްތަކަށް ފައިސާ ދެއްކި ނަމަވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ، މި ޕްރޮމޯޝަންގެ ގުރު ނެގުން އޮންނާނީ އަންނަ މަހުގެ ކުރީކޮޅު ކަމަށް

ސްޓެލްކޯ އިން ބުނެފައިވެއެވެ.

ސްޓެލްކޯގެ އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ވެސް ބިލަށް އަރާ ވަަރު ބަލައި، ހިސާބުކޮށްލެވެއެވެ. އަދި އެއް މީޓަރަށް ވުރެ ގިނަ މީޓަރު އެޕަށް އެޑްކޮށް ކެޓަގަރައިޒް ކުރެވެއެވެ. އަދި ފާއިތުވެދިޔަ 6 މަހު ކަރަންޓު ބޭނުން ކުރެވިފައި ހުރި ގޮތް އެޕުން ބަލާލެވެ އެވެ.

ސްޓެލްކޯގެ އެޕް ފަސޭހަކަމާ އެކު، އެޕަލް ފޯނުތަކަށް އެޕް ސްޓޯރްއިން އަދި އެންޑްރޮއިޑް ފޯނުތަކަށް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ. އެޕްލިކޭޝަން ބޭނުން ކުރާ މީހުންނަށް ކޮންމެ މަހެއްގެ ބިލް ލިބި، އެ ބިލް ޑައުންލޯޑް ކުރެވޭނެ އެވެ.

ސްޓެލްކޯ އިން ބުނީ މި ޕްރޮމޯޝަންގައި އެ ކުންފުނީގެ މިޑްލް މެނޭޖްމަންޓުން މަތީގެ އެއްވެސް މީހަކަށް ބައިވެރިނުވެވޭނެ ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި