ގާފަރު ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ފުރުތަމަ ފިޔަވަހި ނިންމާލައިފި

STELCO

ކ.ގާފަރު ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕލޓ(ސްޓެލްކޯ) އިން ނިންމާލައިފިއެވެ.

މިކަމާއި ގުޅިގެން މިއަދު އެ ކުންފުނިން ވިދާޅުވެފައިވަނީ ކ. ގާފަރުގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށް އެ ކުންފުނިން ކުރަމުންގެންދާ މަސައްކަތުގެ ފުރަތަމަ ފިޔަވަހި މިއަދު ނިންމާލެވިފައިވާ ކަމަށެވެ. މި މަސައްކަތް ނިންމާލެވުމާއެކު ގާފަރު ކަރަންޓުގެ ހާލަތު މި ވަނީ ވަރަށް ބޮޑަށް ރަނގަޅު ކުރެވިފައި ކަމަށާއި އަދި މި މަސައްކަތުގެ ސަބަބުން ރައްޔިތުންގެ އުންމީދުތަކަށް ވެސް ވަރަށް ބޮޑު ހައްލެއް ލިބިފައި ކަމަށެވެ.

ގާފަރުގެ ކަރަންޓް ވިއުގަގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި ކަމާއި ގުޅުން ހުރި އިދާރާތަކުންނާއި، ގާފަރުގެ ރައްޔިތުންގެ ފަރާތުން ލިބިލެއްވި އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮސް އެ ކުންފުނިން ވަނީ އެ ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރު ދަންނަވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި