ކ. ދިއްފުއްޓާއި އއ. އުކުޅަހަށް އާ ޖަނަރޭޓަރު ސެޓުތައް ގެންގޮސްފިއެވެ.

މިއީ ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި މެނުކެނޑި ކަރަންޓު ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ގެންދިޔަ ޖަނަރޭޓަރުސެޓުތަކެކެވެ.

Ad
rt

އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި ދެ ރަށަށްވެސް ގެންގޮސްފައިވަނީ 6000 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެވެ. މި ސެޓުތައް މިހާރު އެ ދެ ރަށުގެ އިންޖީނުގެއަށްވެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ މި ޖަނަރޭޓަރުތައް ކޮމިޝަން ކުރެވި ބޭނުން ކުރަން ފެށުމުން ދެ ރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުވާނެ ކަމަށެވެ. އަދި މީގެ ސަބަބުން ޕަވާސެކިއުރިޓީ އިތުރު ވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ކަރަންޓު މެދު ކެނޑުމެއްނެތި ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.