ހުރާގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް
ކ. ހުރާގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މުހިންމު މަސައްކަތްތަކެއް ފަށައިފިއެވެ. ސްޓެލްކޯއިން މައުލޫމާތު ދޭ ގޮތުގައި، ހުރާގައި ބަހައްޓާފައިވާ އާރު.އޯ ޕްލާންޓްތަކުގެ ތެރެއިން އެއް ޕްލާންޓުގެ ހަލާކުވެފައިވާ ހައިޕްރެޝަރ ޕަންޕާއި މޯޓަރު ބަދަލުކޮށް، އައު ޕަންޕެއް އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މީގެ އިތުރުން، އެ ރަށުގައި މައްސަލަޖެހި ނުހިންގާތާ 8 މަސް ދުވަސް ވެ...