ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަލީ އަޒްވަރު މިއަދު އައްޔަނުކޮށްފިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) މިއަދު ބުނީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ސ. ފޭދޫ / ނެސްޕްރޯވިލާ، ޑރ. އަލީ އަޒްވަރު މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ.

Ad
rt

ޑރ. އަޒްވަރު މިހާތަނަށް ހުންނެވީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. ނިމުނު އެމްޑީޕީގެ ސަރުކާރުގައި އެ މަގާމަށް ޢައްޔަނުކޮށްފައިވާ އައު އެމްޑީ އަޒްވަރަކީ އެ ކުންފުނީގެ ހިންގުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

ސްޓެލްކޯގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޝަމާހު ރަޝީދު 11 ޖެނުއަރީ 2026 ގައި މަގާމުން ވަކިކުރުމުންނެވެ. ސަމާހް ސްޓެލްކޯގެ އެމްޑީ އަކަށް ޢައްޔަނުކުރީ

މިސަރުކާރުގައި ސްޓެލްކޯގެ ފުރަތަމަ އެމްޑީ އަކީ މިހާރު ފެން ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ފަހުމީއެވެ. އޭނާ ސްޓެލްކޯގެ އެމްޑީކަމަށް ޢައްޔަނުކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ސްޓެލްކޯގެ ޑީއެމްޑީ އަޒްވަރަށް އެމްޑީކަން ދިންއިރު، އެ ކުންފުނީގައި އިތުރު ޑީއެމްޑީ އެއް އަދި ހުންނަވައެވެ. އެއީ އާއިޝަތު މުޒްނާ އެވެ.