ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ އާއިލާ އަށް ރައީސްގެ ތައުޒިޔާ
ހުޅުމާލޭގައި ކަރަންޓްގެ މައްސަލައެއް ހައްލުކުރުމުގެ މަސައްކަތުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ފިހިގެން ފަރުވާދެމުން ދަނިކޮށް ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޢާއިލާ އަށާއި ސްޓެލްކޯގެ އަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. ނިޔާވި ސްޓެލްކޯގެ މުވައްޒަފަކީ އި އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް އެވެ. ސްޓެލްކޯއިން ބުނިގޮތުގައި އޭނާ އަކީ 21 އަހަރަށްވުރެ ގިނަ ދުވަހު އެ ކުންފުނީގައި ޚިދުމަތްކޮށްފައިވާ މުވައްޒަފެކެވެ. އޭނާ ނިޔާވިއިރު ހުރީ ސްޓެލްކޯގެ ސްޕަވައިޒަރެއްގެ މަގ...