ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަށާއި، 2025 ވަނަ އަހަރު މަސައްކަތާއި ހުނަރުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވުނު މުވައްޒަފުންނަށް އިނާމު ދީފިއެވެ.

މި އިނާމުތައް ދީފައިވަނީ ސްޓެލްކޯގެ މުވައްޒަފުންގެ މަސައްކަތްތައް ފާހަގަކޮށް، އެ މުވައްޒަފުންގެ އަގުވަޒަންކުރުމަށްޓަކައި ބޭއްވި "ސްޓެލްކޯ ސްޓާފް ނައިޓް" ޙަފްލާގައެވެ.

Ad
rt

މި ޙަފްލާގައި ކުންފުނީގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ.

މެނޭޖްމަންޓް ދާއިރާގެ ވަނަތައް

2025 ވަނަ އަހަރު ޓެކްނިކަލް ދާއިރާތަކުން އެންމެ މޮޅު މެނޭޖަރަކަށް ހޮވިފައިވަނީ މާލޭ ޕަވަރ ޖަނަރޭޝަން ޑިޕާޓްމަންޓްގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަރ، ޢަލީ ނަފާޙް މުޙައްމަދު އެވެ. ނޮން-ޓެކްނިކަލް ދާއިރާތަކުން އެންމެ މޮޅު މެނޭޖަރަކަށް ހޮވިފައިވަނީ ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓްގެ ސީނިއަރ މެނޭޖަރ، ސަމީހާ މުސްޠަފާ އެވެ.

މީގެ އިތުރުން، އެންމެ މޮޅު ސްޓޭޝަން މެނޭޖަރަކަށް ހޮވިފައިވަނީ ނޯތު ރީޖަނަލް ޑިޕާޓްމަންޓްގެ ކ. ތުލުސްދޫ ޕަވަރހައުސްގެ ސްޓޭޝަން މެނޭޖަރ، ޙުސައިން އާމިރު އެވެ.

އެންމެ މޮޅު މުވައްޒަފުން

ކުންފުނީގެ މުވައްޒަފުންގެ ތެރެއިން 2025 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ޓެކްނިކަލް މުވައްޒަފުގެ މަޤާމު ހޯދާފައިވަނީ މާލޭ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓްގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަރ، ޢަލީ ނިޔާޒް އެވެ. އަދި ހުރިހާ ގޮތަކުން އެންމެ މޮޅު ނޮން-ޓެކްނިކަލް މުވައްޒަފަކަށް ހޮވިފައިވަނީ ޕްރޮޖެކްޓްސް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ، ހައްސާމް އަޙްމަދު އެވެ.

ސްޓެލްކޯއިން އަންނަނީ ކޮންމެ އަހަރަކުވެސް އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކޮށް، މުވައްޒަފުންގެ މެދުގައި މަސައްކަތުގެ ރޫޙު އާލާކުރުމަށް މިފަދަ ޙަފްލާތައް ބާއްވަމުންނެވެ.