ބިލެތްފައްސާއި ގޮއިދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގައި ބިންގާ އަޅައިފި
ށ. ބިލެއްފަހީ އަދި ގޮއިދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިއެވެ. މި ދެ ރަށުގެ ފުލުހުންގެ މަރުކަޒުގައި ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގޮއިދޫ އަށާއި ބިލެތްފައްސަށް ކުރެއްވި ދަތުރުފުޅުގައައި، އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މިގޮތުން އެ ދެ ރަށުގެ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވާދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް...