ގޮއިދޫ ސްކޫލް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ގޮއިދޫ ކައުންސިލުން ފަށައިފި
ށ. ގޮއިދޫ ސްކޫލް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ގޮއިދޫ ކައުންސިލުން ފަށައިފިއެވެ. މިގޮތުން ގޮއިދޫ ކައުންސިލުން މިއަދު ވަނީ 2 ސްމާޓް ޓީވީ ގޮއިދޫ ސްކޫލާއި ހަވާލުކޮށްފައެވެ. ގޮއިދޫ ސްކޫލް ޑިޖިޓަލައިޒް ކުރުމަށް ސްމާޓް 8 ޓީވީ ބޭނުންވާއިރު، މިއަދު މި ހަވާލު ކުރި 2 ޓީވީއަކީ އެ މަސައްކަތް ފެށުމުގެ ގޮތުން ހަވާލު ކުރި 2 ޓީވީއެވެ. ބާކީ ޓީވީތައް ވެސް ފިޔަވަހި ތަކަކަށް ބަހާލައިގެން ސްކޫލަށް ހަދިޔާ ކުރަން ގޮއިދޫ ކައުންސިލުން ވަނީ ނިންމާފައެވެ. […]