ށ. ގޮއިދޫގައި "ވެލިޔު އެޑިޝަން އެންޑް މާކެޓިންގ އަދި ބިޒްނަސް ޕްލޭން " އާއިބެހޭ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމަކީ، ށ. އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ ރަށްވެހި ތަރައްޤީގެ ޕްރޮގްރާމްގެ މާލީ އެހީގެ ދަށުން ށ. ގޮއިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން- ހދ.ކުޅުދުއްފުށި ބިޒްނަސް ސެންޓަރު (ބީ.ސީ.ސީ) އާއި ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް ގޮއިދޫ ކައުންސިލުން މައުލޫމާތު ދެއްވިއެވެ.

Ad
rt

މި ޕްރޮގްރާމާބެހޭ މައުލޫމާތު ''ތިލަދުން'' އަށް ދެއްވަމުން ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާޙީމް ޝާހިދު ވިދާޅުވީ މިއީ ބީ.ސީ.ސީގެ ފަންނީ ބޭފުޅުންގެ އެހީތެރިކަމާއެކު ތިން ދުވަހުގެ މުއްދަތަށް އެރަށުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.

ގޮއިދޫ އަކީ ދަނޑުވެރި ރަށެއްކަން ފާހަގަ ކުރައްވަމުން އެރަށުގައި އުފައްދާ ދަނޑުުވެރިކަމުގެ ތަކެތި މާކެޓް ކުރާނެ ގޮތާއި، އެތަކެތި ހައްދާ އިރު މާކެޓް ކުރުމާއި އަދި ވިޔަފާރިތައް ފެށުމަށް ބިޒްނަސް ޕްލޭން ހަދާނެގޮތް މި ޕްރޮގްމްގައި ބައިވެރިންނަށް ދަސްކޮށްދެވުނު ކަމަށް ޝާހިދު ވިދާޅުވިއެވެ.

''މި ޕްރޮގްރާމުން ޕްރޮގްރާމްގެ ބައިވެރިންނަށް ފައިދާ ހުރި މައުލޫމާތުތަކެއް ލިބުނު، ބައިވެރިންގެ ތެރޭގައި ވަރަށް ޒުވާނުން ކުދިންނާއި ކިޔަވާ ނިންމާފައި ތިބި ކުދިން ހިމެނޭ، އެ ކުދިން ވިޔަފާރީގެ ތެރެއަށް ވަންނާށާއި، އެކަމަށް ބޭނުންވާ ބިޒްނަސް ޕްލޭން ހެދުންފަދަ ވަރަށް މުހިންމު މައުލޫމާތުތަކެއް މި ޕްރޮގްރާމުގެ އެހީގެ ވަނީ ފޯރުކޮށްދެފައި'' ޝާހިދު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި 20 ބައިވެރިންވަނީ ބައިވެރިވެ ތަމްރީން ހޯދާފައެވެ.