ށ.ގޮއިދޫގައި ކުރިއަށް ގެންދިޔަ ސޮފްޓް ޓޯއީސް ހަދަން ދަސްކޮށްދޭ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

މި ކޯހަކީ އެޓްމޮސްފިޔަރ ފައުންޑޭޝަންއާއި ގޮއިދޫ ކައުންސިލް ގުޅިގެން މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ.

Ad
rt

މި ކޯހުގެ ނިންމުމުގެ ހަފްލާ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާފައިވާއިރު، މި ހަފްލާގައި އެޓްމޮސްފިޔަރ ފައުންޑޭޝަންގެ ނާއިބް ރައީސް ޢަބްދުލް އަޒީޒު ވަނީ ބައިވެރިވެލައްވާފައެވެ. މި ކޯސް ފުރިހަމަކޮށް ގޮއިދޫގެ 14 ކަނބަލަކު ވަނީ ސެޓްފިކެޓް ހާސިލް ކޮށްފައެވެ.

ކޯހުގެ ބައިވެރިން ތައްޔާރުކުރި ބައެއް ސޮފްޓް ޓޯއީސް، ފޮޓޯ:ގޮއިދޫ ކައުންސިލް

މި ކޯހުގައި ވަނީ ތަފާތު ބާވަތްތަކުގެ ސޮފްޓް ޓޯއީސް ހަދަން ބައިވެރިންނަށް ދަސްކޮށްދީފައެވެ. އަދި މީގެއިތުރުން ބައު ޖިންސް ފަދަ ތަކެތި ބޭނުންކޮށްގެން ދަބަސް ފެހުމާއި، ޕްލާސްޓިކް ފުޅި ބޭނުން ކޮށްގެން ވާސްފަދަ ތަކެތި ހަދަން ވެސް ވަނީ ދަސްކޮށްދީފައެވެ.

މި ކޯސް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އަންހެނުން ބާރުވެރިކޮށް އެ ކަނބަލުންނަށް ފަންނުވެރި މަސައްކަތް ދަސްކޮށްދީ އާމްދަނީ ހޯދޭނޭ މަގު ތަނަވަސް ކޮށްދިނުމެވެ.