Skip to main content
Topic Archive

#Shaviyani Foakaidhoo

160 Stories filed
ފޯކައިދޫގެ ހާފިޒު ފާއިން އަށް ރަށުން ރަތްދޫލައިގެ މަރުޙަބާއެއް ކިޔަނީ
Thiladhunmathi News

ފޯކައިދޫގެ ހާފިޒު ފާއިން އަށް ރަށުން ރަތްދޫލައިގެ މަރުޙަބާއެއް ކިޔަނީ

ކީރިތި ޤުރުއާން ހިތުދަސްކޮށް ފުރިހަމަ ކާމިޔާބީއެއް ހޯދި، ށ. ފޯކައިދޫ/ރަނައުރާމާގެ ފާއިން ފަރުހާދު އަށާއި އޭނާގެ އާއިލާ އަށް އުފަންރަށް ފޯކައިދޫން ރަތްދޫލައިގެ މަރުޙަބާއެއްކިޔަން ތައްޔާރުވެއްޖެއެވެ. އުމުރުން 23 އަހަރުގައި ފާއިން ހޯދި މި ކާމިޔާބީ އަކީ ފޯކައިދޫގެ ތާރީޚްގެ ތެރެއަށް އިތުރުވެގެން ދިޔަ ފަޚްރުވެރި ބޮޅެކެވެ. ފޯކައިދޫ ކައުންސިލުން ވަނީ ކީރިތި ޤުރުއާން ހިތުދަސްކޮށް، ހާފިޒުކަމުގެ މަތިވެރި ޝަރަފް ހާސިލްކޮށްފައިވާ ފާއިން ރަށަށާއި، އަތޮޅަށް ހޯދައިދިނީ ރީތި ފަޚްރުވެރި ނަމެއްކަން ފާހަގަކޮށްފައެވ...

ގޯލްޑަން ފުޓްސަލް ށ. އަތޮޅު ތަށި ކަނޑިތީމަށް
Thiladhunmathi News

ގޯލްޑަން ފުޓްސަލް ށ. އަތޮޅު ތަށި ކަނޑިތީމަށް

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ށ. އަތޮޅުގެ ޗެމްޕިއަންކަން އަނެއްކާވެސް ކަނޑިތީމުން ކާމިޔާބުކޮށްފިއެވެ. އިއްޔެ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ފޯކައިދޫއާ ބައްދަލުކޮށް ކަނޑިތީމުން ތަށި އުފުލާލީ ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށްގެންނެވެ. ރޭގެ ކާމިޔާބީއާއެކު އެޓީމުން ވަނީ މިހާތަނަށް ހަ ފަހަރު އަތޮޅު ތަށި އުފުލާލައިފައެވެ. ފައިނަލް މެޗުގައި ފޯކައިދޫގެ މައްޗަށް ކަނޑިތީމުން ކުރިހޯދީ 5-0 ގެ ބޮޑު ތަފާތަކުންނެވެ. މި މެޗުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކީ ކަނޑިތީމުގެ ރައުލް ނިޔާޒް އ...

މަރްހޫމް ހުސައިން ވަޙީދުގެ ހަރަދުގައި ފޯކައިދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި
Raajje

މަރްހޫމް ހުސައިން ވަޙީދުގެ ހަރަދުގައި ފޯކައިދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި

ކޮމަންޑޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލް މަރްހޫމް ހުސައިން ވަޙީދުގެ ހަރަދުގައި ށ. ފޯކައިދޫގައި ބިނާކޮށްދެއްވި މިސްކިތް މިއަދު ހުޅުވައިފިއެވެ. މި މިސްކިތަށް ދީފައިވާ ނަމަކީ ”މަސްޖިދުލް ނޫރު” އެވެ. މި މިސްކިތް ހުޅުވާފައި ވަނީ މިއަދުގެ ހުކުރު ނަމާދުގެ ކުރިންނެވެ. މި މިސްކިތް ހުޅުއްވައިދެއްވީ މަރްޙޫމް ހުސެންގެ ދަރިކަލުން އަހްމަދު ނަވީން ހުސެން އާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބުދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ. މިސްކިތް ހުޅުއްވައިދެއްވުމަށްފަހު ކުރެވުނު ހުކުރުނަމާދު...

ފޯކައިދޫ އުސްފަސްގަނޑު މަޝްރޫޢުގައި ހިމެނޭ އިމާރާތުގެ ބިންގާ އަޅައިފި
Thiladhunmathi News

ފޯކައިދޫ އުސްފަސްގަނޑު މަޝްރޫޢުގައި ހިމެނޭ އިމާރާތުގެ ބިންގާ އަޅައިފި

ށ. ފޯކައިދޫ އުސްފަސްގަނޑު ތަރައްޤީކުރުމަށް އެރަށު ކައުންސިލުން ފަށާފައިވާ މަސައްކަތުގެ ތެރެއިން އެތަނުގައި އަޅާ އިމާރާތުގެ ބިންގާ އަޅައިފިއެވެ. ފޯކައިދޫ ކައުންސިލުން ބުނިގޮތުގައި އެރަށު އުސްފަސްގަނޑު ތަރައްގީކުރުމުގެ މަޝްރޫޢުގައި ހިމެނޭ އިމާރާތުގެ ބިންގާ ވަނީ އަޅާފައެވެ. ] މި އިމާރާތުގެ ބިންގާ ރަސްމީކޮށް އަޅުއްވައިދެއްވީ ފޯކައިދޫ ކައުންސިލަރުންނާއި، ކައުންސިލްގެ އިދާރީ މުވައްޒަފުންނެވެ. ފޯކައިދޫ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްރިސްޓީޖު ބިލްޑާރސް ކުންފުންޏާއެވެ. މި މަސައްކަތަށް 2...

ފޯކައިދޫ ކައުންސިލުން ރަށު ސްކޫލް ހޯލު އޭސީކޮށްދީ އެކޯ މައްސަލަ ހައްލު ކޮށްދީފި
Thiladhunmathi News

ފޯކައިދޫ ކައުންސިލުން ރަށު ސްކޫލް ހޯލު އޭސީކޮށްދީ އެކޯ މައްސަލަ ހައްލު ކޮށްދީފި

ށ. ފޯކައިދޫ ކައުންސިލުން އެރަށު ސްކޫލްގެ މަލްޓި ޕާޕަސް ހޯލު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން ހޯލު އޭސީކޮށް، ހޯލުގެ އެކޯ މައްސަލަ ހައްލުކޮށްދީފިއެވެ. އަމާޒް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްގެން ފޯކައިދޫ ކައުންސިލުން މި މަސައްކަތް ކޮށްދީފައިވަނީ ސްކޫލްގެ ހޯލު ހޫނުގަދަވެ އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށާއި، ހޯލުގެ އެކޯ މައްސަލަ އާއި ގުޅިގެން އިވެންޓްތައް ކުރިއަށް ގެންދިއުމަށް ދަތިވުމުގެ ސަބަބުންނެވެ. މި މަޝްރޫޢުގެ މަސައްކަތާއި ގުޅިގެން ފޯކައިދޫ ކައުންސިލުގެ ރައީސް އަހްމަދު އާސިފް...

ފޯކައިދޫ ސިއްހީ މަރުކަޒަށް ފިޒީޝަނެއް ހަމަޖައްސައިދީ އެކްސް-ރޭގެ ޚިދުމަތް ގާއިމުކުރަނީ
Raajje

ފޯކައިދޫ ސިއްހީ މަރުކަޒަށް ފިޒީޝަނެއް ހަމަޖައްސައިދީ އެކްސް-ރޭގެ ޚިދުމަތް ގާއިމުކުރަނީ

ށ. ފޯކައިދޫ ސިއްހީ މަރުކަޒުގެ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށާއި އަދި އެ މަރުކަޒަށް ފިޒީޝަނެއް ހަމަޖައްސައިދެއްވައި، އެކްސް-ރޭގެ ޚިދުމަތް ގާއިމުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފޯކައިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ޞިއްޙީ ދާ...

ފޯކައިދޫ ސްކޫލްގެ ބޭނުންވާ އާ އިމާރާތެއް، ފުޓްސަލް ދަނޑަކާއި ހޭންޑްބޯލް ކޯޓެއް ވެސް އަޅައިދެނީ
Thiladhunmathi News

ފޯކައިދޫ ސްކޫލްގެ ބޭނުންވާ އާ އިމާރާތެއް، ފުޓްސަލް ދަނޑަކާއި ހޭންޑްބޯލް ކޯޓެއް ވެސް އަޅައިދެނީ

މި އަންނަ އަހަރަށް ކަނޑައަޅާ މަޝްރޫޢުތަކުގެ ތެރެއިން ށ. ފޯކައިދޫ ސްކޫލްގެ ލެބްތަކަށާއި އޭވީ ރޫމަށް ބޭނުންވާނެ އައު އިމާރަތަކާއި، އެރަށުގައި ކުޅިވަރުގެ ދާއިރާއިން ، ފުޓްސަލް ދަނޑަކާއި ހޭންޑްބޯލް ކޯޓެއް ވެސް އަޅަން ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ފޯކައިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވ...

ފޯކައިދޫގައި އިސްލާމީ މަރުކަޒާއި ކުނި މެނޭޖުކުރާ ސެންޓަރު ހިމެނޭހެން 3 މަޝްރޫޢުއެއްގެ ފަށައިފި
Thiladhunmathi News

ފޯކައިދޫގައި އިސްލާމީ މަރުކަޒާއި ކުނި މެނޭޖުކުރާ ސެންޓަރު ހިމެނޭހެން 3 މަޝްރޫޢުއެއްގެ ފަށައިފި

ށ. ފޯކައިދޫގައި މުހިންމު 3 މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޯކައިދޫއަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ރަސްމިއްޔާތުތަކުގެ ތެރެއިންނެވެ. މިގޮތުން މި މަޝްރޫޢުތަކުގެ ތެރެއިން ފޯކައިދޫގައި އިސްލާމީ މަރުކަޒަކާއި، ކުނި މެނޭޖުކުރާ ސެންޓަރެއްގެ އިތުރުން އެ ރަށުގައި ތަރައްޤީކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު ވަނީ އަޅާފައެވެ. ސަރުކާރ...

ފޯކައިދޫ ރައްޔިތުން ސްކޭމް މައްސަލަތަކަށް ހޭލުންތެރިކުރުމަށް މައުލޫމާތު ދީފި
Thiladhunmathi News

ފޯކައިދޫ ރައްޔިތުން ސްކޭމް މައްސަލަތަކަށް ހޭލުންތެރިކުރުމަށް މައުލޫމާތު ދީފި

ށ. ފޯކައިދޫގައި ސްކޭމް މައްސަލަތަކުން ރައްޔިތުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމަށް ސައިބާ ކްރައިމްސް އަވެއާނެސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މިމަހުގެ 12 ވަނަ ދުވަހު ފޯކައިދޫ ސްކޫލުގައި ބޭއްވުނު މި ސެޝަނަކީ ފޯކައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ފޯކައިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ސެޝަންގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވީ އެންޓި ސްކޭމް ސެންޓަރުގެ، ހެޑް އޮފް އެންޓި ސްކ...

ފޯކައިދޫގައި ހޯމްގާރޑެނިންގ އާއި ދަނޑުވެރިކަމުގެ މަޢުލޫމާތު ދިނުމުގެ ތަމްރީނު ޕްރޮގްރާމެއް
Thiladhunmathi News

ފޯކައިދޫގައި ހޯމްގާރޑެނިންގ އާއި ދަނޑުވެރިކަމުގެ މަޢުލޫމާތު ދިނުމުގެ ތަމްރީނު ޕްރޮގްރާމެއް

ށ. ފޯކައިދޫގައި ހޯމް ގާރޑެނިންގ އަދި ދަނޑުވެރިކަމުގެ މަޢުލޫމާތު ދިނުމުގެ ތަމްރީނު ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުން އިންތިޒާމްކޮށްގެން، ތިއަރީ އަދި ޕްރެކްޓިކަލް ބައިތައް ހިމެނޭހެން ކުރިއަށްގެންދާ 4 ދުވަހުގެ ޕްރޮގްރާމެކެވެ. މިގޮތުން މި ސެޕްޓެމްބަރ މަހު 18 އިން 21 އަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ނަގައިދެވޭ ބައިތަކުގެ ތެރޭގައި، ހައިޑްރޯޕޯނިކްސް/ ޝީލްޑިންގ ޓްރޭގައި މުޑުއްވައްކުރުމާއި، ގަސްކާނާ އަދި ފެންދޭނެ ރަނގަޅު...

ފޯކައިދޫގައި ދަރިން ތަރުބިއްޔަތު ކުރުމާއި ސައިބަރ ކްރައިމް އާއި ގުޅޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް
Thiladhunmathi News

ފޯކައިދޫގައި ދަރިން ތަރުބިއްޔަތު ކުރުމާއި ސައިބަރ ކްރައިމް އާއި ގުޅޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް

ށ. ފޯކައިދޫގައި ސައިބަރ ކްރައިމްސް އާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށް ބެލެނިވެރިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ޕްރޮގްރާމެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިގޮތުން މި ޕްރޮގްރާމަކީ ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި، ފޯކައިދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު ޕޮލިސް ސްޓޭޝަނާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް އާއްމުނަނަށް އިއުލާނުކުރަމުން ފޯކައިދޫ ކައުންސިލުން ބުނެފައިވަނީ މި ޕްރޮގްރާމުގައި ދަރިން ތަރުބިއްޔަތު ކ...

ފޯކައިދޫ ކައުންސިލުން އެރަށު ސްކޫލްގެ މަލްޓި ޕާޕަސް ހޯލު އޭސީކޮށްދީ، އަޕްގްރޭޭޑްކޮށްދެނީ
Thiladhunmathi News

ފޯކައިދޫ ކައުންސިލުން އެރަށު ސްކޫލްގެ މަލްޓި ޕާޕަސް ހޯލު އޭސީކޮށްދީ، އަޕްގްރޭޭޑްކޮށްދެނީ

ށ. ފޯކައިދޫ ކައުންސިލުން އެރަށު ސްކޫލްގެ މަލްޓި ޕާޕަސް ހޯލު އޭސީކޮށްދީ، އަޕްގްރޭޑްކޮށް ދިނުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. ފޯކައިދޫ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ އަމާޒް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 10 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢު އާއި ގުޅިގެން ފޯކައިދޫ ކައުންސިލުގެ ރައީސް އަޙުމަދު އާސިފް “ތިލަދުން” އަށް ވިދާޅުވީ، ފޯކައިދޫ ކައުންސިލުން މި މަސައްކަތް ކުރުމަށް ރާވަފައިވަނީ ރަށު ސްކޫލްގެ ހޯލު ހޫނުގަދަވުމުގެ ސ...

ފޯކައިދޫ އުސްފަސްގަނޑާއި ނޭޗަރ ޕާކު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ފޯކައިދޫ އުސްފަސްގަނޑާއި ނޭޗަރ ޕާކު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ފޯކައިދޫ އުސްފަސްގަނޑާއި ނޭޗަރ ޕާކު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ. މި މަސައްކަތައް ހުޅުވާލަމުން ފޯކައިދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީކުރެއްވުމަށް ގެޒެޓް ލިންކުގައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރުއްވުމަށްފަހު 2025 އޯގަސްޓް 17 ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން info@foakaidhoo.gov.mv އަށް މެއިލްކުރުމަށްފަހު ރަޖިސްޓްރީ ކުރުމަށެވެ. އެގޮތުން މިކަމަށް ހުށަހަޅާ ބި...

ފޯކައިދޫ ކައުންސިލްގެ 10000 ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އިތުރު ހަރަކާތެއް
Thiladhunmathi News

ފޯކައިދޫ ކައުންސިލްގެ 10000 ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އިތުރު ހަރަކާތެއް

ށ. ފޯކައިދޫ ކައުންސިލުގެ 5 އަހަރު ދުވަހުގެ ޕްލޭނުގައި ހިމެނޭ 10000 ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އެ ރަށުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތާއި ގުޅޭގޮތުން ފޯކައިދޫ ކައުންސިލުން ބުނެފައިވަނީ، މި ޕްރޮގްރާމަކީ ކައުންސިލުގެ 5 އަހަރު ދުވަހުގެ ޕްލޭނުގައި ހިމެނޭ 10000 ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނިފައިވާ ގަސް އިންދުމުގެ އެކްޓިވިޓީގެ ދަށުން ކުރިއަށް ގެންދެވުނު ހަރަކާތެއް ކަމަށެވެ. އެގޮތުން މި […]

ށ. އަތޮޅު ކައުންސިލްގެ ''އތމ ކޮމިޓީ ގްރާންޓް'' ލިބޭ ޑަބްލިއުޑީސީތަކާއިއެކު ސޮއިކޮށްފި
Thiladhunmathi News

ށ. އަތޮޅު ކައުންސިލްގެ ''އތމ ކޮމިޓީ ގްރާންޓް'' ލިބޭ ޑަބްލިއުޑީސީތަކާއިއެކު ސޮއިކޮށްފި

ށ.އަތޮޅުގެ ރަށްތަކުގައި އިޖްތިމާއީ ހަރަކާތް ހިންގަން ފަންޑް ދިނުމަށް އެ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ހުށަހެޅުން ހުށަހެޅި އެ އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ ކޮމެޓީ ނުވަތަ ޑަބްލިއުޑީސީ) ތަކާއެކު ފައިސާ ދިނުމުގެ އެއްބަސްވުމުގައި އަތޮޅު ކައުންސިލާއި އެ ފަރާތްތަކާއި ދެމެދުސޮއިކޮށްފިއެވެ. މި އަހަރު އަތޮޅު ކައުންސިލުން ފަންޑް ދިނުމަށް ހޮވާފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ތަކަކީ ފޯކ...