ށ. ފޯކައިދޫ އުސްފަސްގަނޑު ތަރައްޤީކުރުމަށް އެރަށު ކައުންސިލުން ފަށާފައިވާ މަސައްކަތުގެ ތެރެއިން އެތަނުގައި އަޅާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ފޯކައިދޫ ކައުންސިލުން ބުނިގޮތުގައި އެރަށު އުސްފަސްގަނޑު ތަރައްގީކުރުމުގެ މަޝްރޫޢުގައި ހިމެނޭ އިމާރާތުގެ ބިންގާ ވަނީ އަޅާފައެވެ. ]

Ad
rt

މި އިމާރާތުގެ ބިންގާ ރަސްމީކޮށް އަޅުއްވައިދެއްވީ ފޯކައިދޫ ކައުންސިލަރުންނާއި، ކައުންސިލްގެ އިދާރީ މުވައްޒަފުންނެވެ.

ފޯކައިދޫ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްރިސްޓީޖު ބިލްޑާރސް ކުންފުންޏާއެވެ. މި މަސައްކަތަށް 2،678،450.13 ރުފިޔާ ހޭދަވާނެކަމަށް އެ ކައުންސިލުން ބުނެއެވެ. އަދި މި މަސައްކަތް ހަވާލުކުރީ 130 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ފޯކައިދޫ އުސްފަސްގަނޑު މަޝްރޫޢު ކުރިއަށް ގެންދަން ކައުންސިލުން ނިންމާފައި ވަނީ ބޮޑު މަޝްރޫޢުއެއްގެ ގޮތުގައެވެ. މިގޮތުން މި މަޝްރޫޢުގެ ތެރޭގައި އުސްފަސްގަނޑުގައި ފެރީ ޓާމިނަލް އަކާއި، ވީއަޕީ އަކާއި، ނަމާދުކުރާ ކޮޓަރި އާއި އިސްރަށްވެހިންގެ މަރުކަޒެއްގެ އިތުރުން ރެސްޓޯރެންޓެއް ވެސް ތަރައްގީކުރާނެއެވެ.

ފޯކައިދޫ ކައުންސިލުން އުސްފަސްގަނޑާއެކު ނޭޗަރ ޕާކެއް ވެސް ތަރައްގީކުރާނެއެވެ.

ފޯކައިދޫ ކައުންސިލުން ދަނީ ނަމޫނާ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ދާދިފަހުން ވަނީ އެރަށު ސްކޫލްގެ މަލްޓި ޕާޕަސް ހޯލު އަޕްގްރޭޑް ކުރުމުގެ މަސައްކަތްކޮށްދީ، ހޯލު އޭސީކޮށް، ހޯލުގެ އެކޯ މައްސަލަ ހައްލުކޮށްދީފައެވެ.