ކީރިތި ޤުރުއާން ހިތުދަސްކޮށް ފުރިހަމަ ކާމިޔާބީއެއް ހޯދި، ށ. ފޯކައިދޫ/ރަނައުރާމާގެ ފާއިން ފަރުހާދު އަށާއި އޭނާގެ އާއިލާ އަށް އުފަންރަށް ފޯކައިދޫން ރަތްދޫލައިގެ މަރުޙަބާއެއްކިޔަން ތައްޔާރުވެއްޖެއެވެ.

އުމުރުން 23 އަހަރުގައި ފާއިން ހޯދި މި ކާމިޔާބީ އަކީ ފޯކައިދޫގެ ތާރީޚްގެ ތެރެއަށް އިތުރުވެގެން ދިޔަ ފަޚްރުވެރި ބޮޅެކެވެ.

Ad
rt

ފޯކައިދޫ ކައުންސިލުން ވަނީ ކީރިތި ޤުރުއާން ހިތުދަސްކޮށް، ހާފިޒުކަމުގެ މަތިވެރި ޝަރަފް ހާސިލްކޮށްފައިވާ ފާއިން ރަށަށާއި، އަތޮޅަށް ހޯދައިދިނީ ރީތި ފަޚްރުވެރި ނަމެއްކަން ފާހަގަކޮށްފައެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް އާއި ފާއިހް އަދި ފާއިހްގެ މަންމަ އާއި ބައްޕަ، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި ޝަރަފާއެކު ފާއިން އާއި ޢާއިލާ މާދަމާ (07 މޭ 2026، ބުރާސްފަތި ދުވަހު) ފޯކައިދޫ އަށް ދިޔުމަށް ހަމަޖެހިފައިވާއިރު، ފޯކައިދޫ ކައުންސިލުން އަންނަނީ ފާއިން އާއި ޢާއިލާ އަށް ރަތްދޫލައިގެ ހޫނު މަރުޙާބާއެއް ކިޔުމަށް ތައްޔާރުވަމުންނެވެ.

އެހެންވެ، އެ ކައުންސިލުން ވަނީ ފާއިން އަދި ފާއިންގެ އާއިލާއަށް މަރުޙަބާ ކިޔުމަށް ރަށުގެ ވީހާވެސް ގިނަ ރައްޔިތުން މާދަމާ ހަވީރު 17:00 އަށް އެރަށު ބަނދަރު ސަރަހައްދަށް ގޮސްދިނުމަށްއެދިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ މިދިޔަ އޭޕްރިލް މަހުގެ 22 ވަނަ ދުވަހު ފާއިން އާއި ބައްދަލުކުރައްވާ ހިއްވަރު ދެއްވާފައެވެ.