ށ. ފޯކައިދޫގައި ސައިބަރ ކްރައިމްސް އާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށް ބެލެނިވެރިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ޕްރޮގްރާމެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މިގޮތުން މި ޕްރޮގްރާމަކީ ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި، ފޯކައިދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު ޕޮލިސް ސްޓޭޝަނާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އާއްމުނަނަށް އިއުލާނުކުރަމުން ފޯކައިދޫ ކައުންސިލުން ބުނެފައިވަނީ މި ޕްރޮގްރާމުގައި ދަރިން ތަރުބިއްޔަތު ކުރުމާއި، ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރާނެ މުހިންމު މައުލޫމާތުތައް ހިއްސާކުރެވިގެންދާނެކަމަށެވެ.

މި ޕްރޮގްރާމު ބޭއްވުމަށް ހަމަޖެހިފައިވަނީ 12 ސެޕްޓެމްބަރ 2025 ވާ ހުކުރު ދުވަހު ރޭގަނޑު 8:30 ގައި ފޯކައިދޫ ޕްރީ ސްކޫލުގައެވެ.

މި ޕްރޮގްރާމްގައި ބަވަނަވަމުންދާ ދުނިޔޭގައި ދަރިން ތަރުބިއްޔަތު ކުރުމުގެ އަމާޒުގެ ދަށުން ޕްރޮގްރާމުގައި މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ ހެޑް އޮފް އެންޓި ސްކޭމް ސެންޓަރ، އިންސްޕެކްޓަރ އޮފް ޕްލިސް އާދަމް ނަވީދު އެވެ.