ފީވަކު އަންހެނުންގެ ކޮމޮޓީއިން އެރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފި
ށ. ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އެރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެރަށު އަންހެނުންގެ ކޮމިޓީގެ ރައީސާ މަރިޔަމް ރީޝާ ވިދާޅުވީ މި ޕްރޮގްރާމަކީ ކޮންމެ މަހަކު އެއް ފަހަރު ނުވަތަ ދެފަހަރު ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މިއަދުގެ ހަރަކާތުގައި ކައުންސިލްގެ ފަރާތުން ބައިވެރިވެވޭ ގޮތް ނުވި ނަމަވެސް އެކޮމިޓީގެ މެމްބަރުން ވަނީ އެހަރަކާތް ކުރިއަށް ގެންގޮސްފައެވ...