ފީވަކުގައި ޒަމާނީ ފެންވަރުގެ ބޯޓުޔާޑެއް ތަރައްޤީކުރުމަށް ހަވާލުކޮށްފި
ށ ފީވަކުގައި ޒަމާނީ ފެންވަރުގެ ބޯޓުޔާޑެއް ތަރައްޤީކުރުމަށްޓަކައި ސީނު ގްލޯބަލްއާއި ހަވާލުކޮށްފިއެވެ. ބޯޓުޔާޑު އެޅުމަށްޓަކައި 90،212 އަަކަފޫޓުގެ ބިމެއް ފީވަކު ބަނދަރުގެ އިރު ދެކުނު ކޮޅުން ކައުންސިލުން ދޫކޮށްފައިވާއިރު 40 އަހަރުގެ މުއްދަތަށް ހަވާލުކުރުމަށް ވަނީ ސޮއި ކޮށްފައެވެ. މި މަޝްރޫޢު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ފީވަކު ކައުންސިލްގެ ރައީސް، އަލީ ރަޝީދު ހަސަނެވެ. އަދި ސީނު ގްލޯބަލްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ސީނު ގްލޯބަލްގެ...