ށ. ފީވަކުގެ ޖަމިއްޔާއެއް ކަމަށްވާ އެރަށު "ޒުވާނުންގެ ގުޅުމުން "އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "ބަލްމާ ފުޓްސަލް ޗެލެންޖް 2021" މުބާރާތުގެ ފައިނަލަށް ހަކުރު އެފްސީ އަދި ކްލަބް ފުއްޓަރު ދަތުރުކޮށްފިއެވެ.
މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 16:30 ގައި ފީވަކު ފުޓްސަލް ދަނޑުގައެވެ.
މިދިޔަ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހު ފަށާފައިވާ މި މުބާރާތުގެ ފައިނަލް މެޗް ފިޔަވައި އެހެން މެޗްތައް މިހާރު ނިމިފައިވާއިރު، މި މުބާރާތުގެ ފައިނަލަށް ކްލަބް ފުއްޓަރު ދަތުރުކޮށްފައި ވަނީ، ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ، މުބާރާތުގެ ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި އޮވެ 12 ޕޮއިންޓާއި އެކު އެވެ.
ހަކުރު އެފްސީ ފައިނަލަށް ދަތުރުކުރީ ތާވަލުގެ ދެ ވަނާގައި އޮތް ޓީމުގެ ގޮތުގައެވެ. އެ ޓީމު ވަނީ ކުޅުނު 4 މެޗުން 9 ޕޮއިންޓް ހޯދާފައިވާފައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމްއަށް 10000 ރުފިޔާގެ އިނާމެއް ކަނޑައަޅާފައިވާއިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާ އަދި ފެއާރ ޕްލޭ ޓީމް 2000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ ކަމަށް އެޖަމްޢިއްޔާއިން ވަނީ ބުނެފައެވެ. އަދި މިފައިސާއަކީ، މި މުބާރާތުގެ މެއިން ސްޕޮންސާކަމަށްވާ ފީވަކުގެ ކުންފުންޏެއްް ކަމަށްވާ ބަލްމާ މޯލްޑިވެސް ޕްރައިވެޓް ލިމިޓެޑް ކޮމްޕެނީއިން ހުށައަޅާފައިވާ ފައިސާކަން ފާހަގަ ކޮށްލެވެއެވެ.
ފީވަކު ޒުވާނުންގެ ގުޅުމަކީ 2018 ވަނަ އަހަރު ވުޖޫވިފަހުން ފާއިތުވި ދުވަސްތަކުގައި އެރަށަށް ގިނަ އިޖުތިމާއީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ޙިދުމަތްތަކެއް ކޮށްދެމުން އަންނަ ޖަމިއްޔާއެކެވެ.
މިމެޗު ފީވައް.އެމްވީގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!