މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

938 Stories filed
އިސް ބޭފުޅުން އިސްވެތިބެ ރައްޔިތުންގެ ބަޔަކު އެއްކުރުމީ ހިތާމަ ކުރާކަމެއް: ރައީސް
Raajje

އިސް ބޭފުޅުން އިސްވެތިބެ ރައްޔިތުންގެ ބަޔަކު އެއްކުރުމީ ހިތާމަ ކުރާކަމެއް: ރައީސް

ބާރު މިނުގައި ކޮރޯނާ ވައިރަސް ފެތުރެމުން ދާ މި ދަނޑިވަޅުގައި ވަރަށް އިސް ބެފުޅުން ނިކުމެ ވަޑައިގެން މާސްކުވެސް ނާޅުއްވާ ރައްޔިތުންގެ އެތައް ބަޔަކު އެއްތަނަކަށް އެއްކުރުމަކީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިގޮތަށް ވިދާޅުވީ، އިއްޔެ ހަވީރު އިދިކޮޅުން އެއްވެސް ގައިދުރު ކަމެއް ނެތި، އިސް ބޭފުޅުން މާސްކު ނާޅާ މާލޭގައި ސައިކަލް ބުރެއް ބާއްވާފައިވާތީ އެކަމަށް އިސާރާތް […]

ރައީސާއި، ނައިބު ރައީސް ރޭ މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ޒިޔާރަތް ކުރައްވައިފި
Raajje

ރައީސާއި، ނައިބު ރައީސް ރޭ މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރޭ މާލޭ ބޮޑުތަކުރުފާނު މަގުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ޒިޔާރަތްކުރައްވާ، އެ ހާދިސާގައި ލިބިފައިވާ ގެއްލުންތައް ބައްލަވާ ލައްވައިފިއެވެ. މީގެ އިތުރުން ރައީސުލް ޖުމްޙޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ވެސް ވަނީ ރޭ އެ ސަރަޙައްދަށް ވަޑައިގެން ފައެވެ. ރައީސް ޞާލިޙް އެ ސަރަޙައްދަށް ވަޑައިގެން މި ހާދިސާގެ ސަބަބުން އަސަރުކޮށްފައިވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާގުޅޭ އިދާރާތަކުން ކުރަމުންދާ ތައްޔާރީތަކުގެ މަޢުލޫމާތު ސާފު ކުރ...

ކޮމަންވެލްތް ގޭމްސްގައި އަލުން ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް
Raajje

ކޮމަންވެލްތް ގޭމްސްގައި އަލުން ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް

ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) ގެ މެމްބަރުކަން އަލުން އަނބުރާ ރާއްޖެއަށް ދީފިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ. އެ ޖަމާއާތުގެ މެމްބަރު ގައުމުތަކުގެ މި ނިންމުމާ އެކު، ރާއްޖެއަށް އަލުން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. އެ ޖަމާއަތުން އެކަން އަންގާފައި ވަނީ، އެ އިދާރައިގެ ރައީސް ލޮއިސް މާޓިން ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަށް ފޮނުއްވި ސިޓީފުޅެއްގަ އެވެ. “މިއަދަކީ ރާއްޖޭގެ ކުޅިވަރަށް ނުހަނު އުފާވެރި ދުވަހެއް. […]

އިޖްތިމާޢީ ޢަދާލަތު ޤާއިމުކޮށްދޭ ރީތި ސިފަތައް ހަރުލެއްވުމަށް އަލުން ޢަޒުމް ކަނޑައެޅުމަށް ރައީސް ގޮވާލައްވައިފި
Raajje

އިޖްތިމާޢީ ޢަދާލަތު ޤާއިމުކޮށްދޭ ރީތި ސިފަތައް ހަރުލެއްވުމަށް އަލުން ޢަޒުމް ކަނޑައެޅުމަށް ރައީސް ގޮވާލައްވައިފި

އިޖްތިމާޢީ ޢަދާލަތު ޤާއިމުކޮށްދޭ ރީތި ސިފަތައް ދިވެހިންގެ ކިބައިގައި އަލުން ހަރުލެއްވުމަށް ޢަޒުމް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ. އެ މަނިކުފާނު މިކަމަށް ގޮވާލެއްވީ ހިޖްރައިން 1442 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. އެޚިޠާބުގައި އެމަނިކުފާނު ވަނީ ދަތި އުނދަގޫ ހާލަތްތަކުގައި ޢާއިލާގެ މެންބަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މުޖުތަމަޢުގެ އެއް ބަޔަކު އަނެއް ބަޔަކަށް އަޅާލައި އޯގ...

ރިލްވާންގެ މައްސަލައަށް އިންސާފު ހޯދަން ކުރެވެން ހުރި ހުރިހާ ކަމެއް ހުއްޓާނުލައި މި ސަރުކާރުން ކުރިއަށް ގެންދާނެ: ރައީސް
Raajje

ރިލްވާންގެ މައްސަލައަށް އިންސާފު ހޯދަން ކުރެވެން ހުރި ހުރިހާ ކަމެއް ހުއްޓާނުލައި މި ސަރުކާރުން ކުރިއަށް ގެންދާނެ: ރައީސް

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲގެ މައްސަލައަށް އިންސާފު ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ހުއްޓާނުލައި ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. މިއަދާއި ގުޅިގެން އަތުލިޔުމުން ލިޔުއްވައި އޭގެ ފޮޓޯއަކާއި އެކު ރައީސް ޞާލިޙްގެ މެސެޖު ހިއްސާކުރައްވާފައި ވާއިރު، އެމެސެޖުގައި އެމަނިކުފާނު ވިދާޅުވީ، ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟުވާނުގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދު...

ފެނާއި ނަރުދަމާގެ ބިލާއި ޤާނޫނީ ފަންނުގެ ޤާނޫނަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި
Raajje

ފެނާއި ނަރުދަމާގެ ބިލާއި ޤާނޫނީ ފަންނުގެ ޤާނޫނަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފެނާއި ނަރުދަމާގެ ބިލާއި ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ފެނާއި ނަރުދަމާގެ ބިލަކީ، 20 ޖުލައި 2020 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. ފެނާއި ނަރުދަމާގެ ޤާނޫނަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެނަށް ރައްކާތެރި ސާފު ފެން ފޯރުކޮށްދިނުމަށާއި، […]

ރައީސްގެ އާދޭސް: ބޭރުގައި އުޅުއްވާއިރު މާސްކް އަޅުއްވާ، އެންގުންތަކަށް ޢަމަލުކުރައްވާ!
Raajje

ރައީސްގެ އާދޭސް: ބޭރުގައި އުޅުއްވާއިރު މާސްކް އަޅުއްވާ، އެންގުންތަކަށް ޢަމަލުކުރައްވާ!

ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބޭރުގައި އުޅުއްވާއިރު މާސްކް އަޅުއްވައި، އެޗްޕީއޭގެ އެންގުންތަކަށް ޢަމަލުކުރައްވައި އެކަމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ދެއްވުން ވަރަށް މުހިއްމުކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް ބޮޑުތަނުން އިތުރުވާން ފަށާފައިވާ ދަނޑިވަޅެއްގަ ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ ކޯވިޑް-19ގެ ހާލަތާއި ގުޅޭ ގޮތުން ކުރެއްވި ޓުވީޓެއްގައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އި...

މަޢާފުކޮށް، އަޚްވަންތަ ކަމުގެ ގުޅުން ކުރިއަށް ނެރެ، ޞުލްޙަޔަށް އިސްކަން ދިނުމަށް ރައީސް އިލްތިމާސް ކުރަށްވައިފި
Raajje

މަޢާފުކޮށް، އަޚްވަންތަ ކަމުގެ ގުޅުން ކުރިއަށް ނެރެ، ޞުލްޙަޔަށް އިސްކަން ދިނުމަށް ރައީސް އިލްތިމާސް ކުރަށްވައިފި

އެކަކު އަނެކަކަށް މަޢާފުކޮށް، އަޚްވަންތަކަމުގެ ގުޅުން ކުރިއަށް ނެރެ، ޞުލްޙަޔާއި ހަމަޖެހުމަށް އިސްކަން ދެއްވުމަށް، ރާއްޖޭގެ ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރަށް ވައިފިއެވެ. ރައީސް ސޯލިހު މިގޮތަށް އިލްތިމާސް ކުރެއްވީ އަލްހާ އީދުގެ ތަހުނިޔާ ފޮނުއްވާ އާންމު ކުރެއްވި ޚިޠާބުގައެވެ. އެ ޚިޠާބު ރައީސް ވިދާޅުވީ އަޟްޙާ ޢީދަކީ، މުސްލިމުންގެ މެދުގައި ގުޅުން ދެމެހެއްޓުމާއި، އެހީތެރިވުމާއި، އެއްބާރުލުމުގެ އިތުރުން، އެތައް ޤުރުބާނީއެއްގެ ޒިކްރާ އައުކޮށްދޭ މަތިވެރި...

މިއީ އިޤްތިޞާދީ ޙަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންވީ ވަގުތު: ރައީސް
Raajje

މިއީ އިޤްތިޞާދީ ޙަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންވީ ވަގުތު: ރައީސް

މިއީ އިޤްތިޞާދީ ޙަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންވީ ވަގުތުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމާއި މުޚާޠަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު މިހާރުވެސް ބިނާވެފައި އޮތީ ދިވެހިން ތަރައްޤީކުރި ދެ ޞިނާޢަތެއްގެ މައްޗަށްކަމަށް ވިދާޅުވެ، މިއީ ދިވެހިންގެ އިޤްތިޞާދީ ޙަރަކާތްތައް ސިންދަފާތ...

އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤު ކުރައްވައިފި
Raajje

އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤު ކުރައްވައިފި

ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤްކުރެއްވި، ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ 15 ޖުލައި 2020 ވީ ބުދަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ޤާނޫނަށް ޢަމަލުކުރަން […]

މިއީ އެންމެން ގުޅިގެން ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ތެދުވާންވީ ވަގުތު: ރައީސް
Raajje

މިއީ އެންމެން ގުޅިގެން ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ތެދުވާންވީ ވަގުތު: ރައީސް

މިއީ އެންމެން ގުޅިގެން އެކުގައި މަސައްކަތްކޮށް، ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ތެދުވާންވީ ވަގުތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް ޞާލިޙް މި މޭރުމުން ވިދާޅުވީ 2019 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނާއި ޝަހާދާ ސާނަވިއްޔާ އިމްތިހާނުން އެންމެ މަތީ ދަރަޖައިގައި ފާސްވެ، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ޙާޞިލުކުރި ހަތް ދަރިވަރުންނަށް ސްކޮލަރޝިޕުގެ ލިޔުން ހަވާކުރެއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު ރައީސް އ...

ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ޙައްލު ނުކޮށް ޤައުމެއްގެ ގޮތުގައި ކުރިއަށް ދެވޭކަށް ނެތް: ރައީސް
Raajje

ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ޙައްލު ނުކޮށް ޤައުމެއްގެ ގޮތުގައި ކުރިއަށް ދެވޭކަށް ނެތް: ރައީސް

ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ޙައްލު ކުރުމުގައި ޒަމާންތަކެއް ވަންދެން މުޅި ދައުލަތް އޮތީ ނުކުޅެދިފައި ކަމަށާއި، މިފަދަ މައްސަލަތައް ޙައްލު ނުކޮށް، ޤައުމެއްގެ ގޮތުގައި އަދި މުޖުތަމަޢެއްގެ ގޮތުގައި ކުރިއަށް ދެވެން ނެތް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިސްނަގައިގެން ކުރިއަށް ގެންދާ “ގެވެށި ގުޅުން” ކެމްޕެއިން އިފްތިތާޙު ކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި އިއްޔެ ދެއްވި ޚާއްޞަ މެސެޖުގައި ރަ...

މާދަމާ ރާއްޖެ ހުޅުވާލާއިރު އެއަރޕޯޓްގެ ތައްޔާރީތައް ރައީސް ބައްލަވާ ލައްވައިފި
Raajje

މާދަމާ ރާއްޖެ ހުޅުވާލާއިރު އެއަރޕޯޓްގެ ތައްޔާރީތައް ރައީސް ބައްލަވާ ލައްވައިފި

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، މާދަމާ އަލުން ހުޅުވާލާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވެފައިވާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައި ފިއެވެ. ރައީސް އޮފީހުން ބުނީ ރައީސް ޞާލިޙް މިއަދު ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރެއްވި މި ޒިޔާރަތުގައި، ވެލާނާ އިންޓަރނޭޝަން އެއަރޕޯޓުގެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އެރައިވަލް އަދި ޑިޕާޗަރ ޓަރމިނަލަށް ޒިޔާރަތްކުރައްވައި، އެތަންތަނުގައި ވެފައިވާ ތައްޔާރީތައް ބައްލަ...

ކޯވިޑް-19 އާއި ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ، ޞިއްޙީ ޚިދުމަތްތެރިންގެ ތެރޭގައި ގިނައީ އަންހެނުން: ރައީސް
Raajje

ކޯވިޑް-19 އާއި ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ، ޞިއްޙީ ޚިދުމަތްތެރިންގެ ތެރޭގައި ގިނައީ އަންހެނުން: ރައީސް

ކޯވިޑް-19 ގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ބަޔަކީ އަންހެނުން ކަމަށާއި، ކޯވިޑް-19 އާއި ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ، ޞިއްޙީ ޚިދުމަތްތެރިންގެ ތެރޭގައި ގިނައީވެސް އަންހެނުން ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިޙް ފޮނުއްވި ޚިޠާބުގައި މި އަހަރުގެ ދުނިޔޭގެ އާބާދީ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރު “ކޯވިޑް-19 ހުއްޓުމަށް: އަންހެނުންނާއި އަންހެން ކުދިންގެ ޞިއްޙަތު ރައްކާތެރި ކުރާނީ...

ފުރަބަންދުގައި ދެއްކެވި ސާބިތުކަމަށް ރައީސްގެ ޝުކުރު ފުލުހުންނަށް!
Raajje

ފުރަބަންދުގައި ދެއްކެވި ސާބިތުކަމަށް ރައީސްގެ ޝުކުރު ފުލުހުންނަށް!

ފުރަބަންދުގައި އާއިލާތަކާ ވަކިން ގައުމީ ހިދުމަތުގައި ފުލުހުން ދެއްކި ސާބިތުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ދިވެހި ފުލުހުންނަށް ޝުކުރު އަދާކުރައްވައިފިއެވެ. އެމަނިކުފާނު ފުލުހުންނަށް ޝުކުރު އަދާ ކުރެއްވީ، އިއްޔެ ހަވީރު ދިވެހި ފުލުހުންގެ މަރުކަޒެއް ކަމަށްވާ އިސްކަންދަރު ކޮށްޓަށް ޒިޔާރަތްކުރައްވައި، ފުލުހުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަ ފުޅުގައެވެ. ފުލުހުންނާ މުހާތަބު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މިއަހަރު ފެށުނީއްސުރެ ކޯވިޑް-19 އާ  ދެކޮޅަށް ފުލުހުން...