"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައިފި
ރާއްޖޭގައި ގާއިމުވެ ތިބި އަވަށްޓެރި އިންޑިއާގެ ސިފައިން ރާއްޖެއިން ރާއްޖެއިން ބޭލުމަށް ގޮވައިލާ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އިސްވެ އޮވެ ހިންގަމުންއަންނަ “އިންޑިއާ އައުޓް” ހަރަކާތަކީ، ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވުމުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ މައްޗަށް އަންގަވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ގަރާރެއް ނެރުއްވައިފިއެވެ. އެ ޤަރާރުގައި ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވެފައި ވަނީ، އިންޑިއާއި މެދު ނަފުރަތު އުފެއ...