ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސްގެ އަނބިކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންނެވިކަން ރައީސް އޮފީހުން ހާމަކުރެއްވުމުގެ ދެ ގަޑިއެއްހާއިރު ކުރިން ޓްވީޓާ މެދުވެރިކުރަށްވައި ރައީސް ޞާލިޙް ވަނީ ޑޮކްޓަރުގެ ލަފާގެ މަތިން ތައިރޮއިޑްގެ ފަރުވާއަކަށް އެމަނިކުފާނު މިއަދު ފުރާވަޑައިގަންނަވަން ނިންމަވާފައިވާކަން ހާމަ ކުރަށްވާފައެވެ.
"ޑޮކްޓަރުގެ ލަފާގެމަތިން އަޅުގަނޑު ތައިރޮއިޑް ފަރުވާއަކަށް މިއަދު ސިންގަޕޫރަށް އެބަ ފުރަން. މާތް ﷲގެ ވާގިފުޅާއެކު ފަރުވާގެ ކަންތައް ފުރިހަމަވެ، ލަސްނުވެ މަސައްކަތަށް އެނބުރި އާދެވޭނެ" އެ ޓްވީޓްގައި ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.
ޑޮކްޓަރުގެ ލަފާގެމަތިން އަޅުގަނޑު ތައިރޮއިޑް ފަރުވާއަކަށް މިއަދު ސިންގަޕޫރަށް އެބަ ފުރަން. މާތް ﷲގެ ވާގިފުޅާއެކު ފަރުވާގެ ކަންތައް ފުރިހަމަވެ، ލަސްނުވެ މަސައްކަތަށް އެނބުރި އާދެވޭނެ.
— Ibrahim Mohamed Solih (@ibusolih) February 23, 2022
ރައީސްގެ މި ޓްވީޓާއި ގުޅިގެން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ރައީސަށް އަަވަސް ޝިފާއެއް މިންވަރުކުރެއްވުންއެދި ދުޢާ ކުރަށްވައި، ޓްވީޓެއް ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!