ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މިރޭ ޤައުމާއި މުޚާޠަބް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ވިދާޅުވީ، ރައީސް ޤައުމާއި މުޚާތަބު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:00ގައި ކަމަށެވެ. ރައީސް އޮފީހުން އިތުރަށް ވިދާޅުވީ ރައީސް ގައުމާއި މުޙާތަބު ކުރައްވާއިރު، ކޮވިޑް19 ހާލަތާއި އަދިވެސް އިތުރު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާނެކަމަށެވެ.
ރައީސް އެންމެ ފަހުން ޤައުމާއި މުޚާތަބު ކުރައްވާފައިވަނީ، މިޔަ އަހަރުގެ ނޮވެމްބަރު މަހު 10 ވަނަ ދުވަހުއެވެ.
ރައީސްގެ މިރޭ ޤައުމާއި މުޚާތަބު ކުރައްވާއިރު، އެމަނިކުފާނުގެ ޚިތާބު ދިވެހި ގިނަ ބްރޮޑްކާސްޓަރުން ލައިވްކޮށް ގެނެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ މިދިޔަ މަހު ކުރެއްވި ތައިރޮއިޑް އޮޕަރޭޝަނަށް ފަހު ރައީސް މިފަދަ ގޮތަކަށް ފެނިވަޑައިގަންނަވާނެ ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!