ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތައިރޮއިޑް ފަރުވާއަކަށް ކުރެއްވި އޮޕަރޭޝަނަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ރައީސް ޞާލިޙް ތައިރޮއިޑް ފަރުވާއަކަށް އޮޕަރޭޝަނެއް ކުރަށްވާފައި ވަނީ ސިންގަޕޫރުގައެވެ. އެ އޮޕަރޭޝަން ކުރެއްވީ މިދިޔަ ފެބްރުއަރީ 25 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

Ad
rt

ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ކުޑަ ދުވަސްކޮޅެއްތެރޭ އަނބުރާ ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަނިކުފާނަށް ހެޔޮ ދުއާކޮށްދެއްވި އެންމެންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ޞާލިޙް، ތައިރޮއިޑް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.

ރައީސް ޞާލިޙް ތައިރޮއިޑް ފަރުވާއަކަށް ކުރެއްވި އޮޕަރޭޝަނާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާ ވަނީ އެދުވަހުގެ ހެނދުނު 6:00 އިން 9:30 އާއި ހަމައަށް ހަވާލު ކުރަށްވާފައެވެ.