ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެއަށް ވަޑައިގަންނަވައިފިއެވެ.

ރައީސް ޞާލިޙް ސިންގަޕޫރަށް ވަޑައިގަތީ ތައިރޮއިޑް ފަރުވާއަކަށެވެ. އެމަނިކުފާނު ތައިރޮއިޑް އޮޕަރޭޝަން ކުރެއްވީ މިދިޔަ ފެބްރުއަރީ 25 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

Ad
rt

އެ އޮޕަރޭޝަނަށް ފަހު އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލީ މި މަހުގެ 1 ވަނަ ދުވަހުއެވެ.

ރައީސް ޞާލިޙް، ތައިރޮއިޑް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.

ރައީސް ޞާލިޙް ތައިރޮއިޑް ފަރުވާއަކަށް ކުރެއްވި އޮޕަރޭޝަނާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާ ވަނީ އެދުވަހުގެ ހެނދުނު 6:00 އިން 9:30 އާއި ހަމައަށް ހަވާލު ކުރަށްވާފައެވެ.