ހޯރަފުށީ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގެ އެތެރޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. ހޯރަފުށީގެ މަގުތައް ހެދުމުގެ އެއްވަނަ ފިޔަވަހީގެ މަސައްކަތް ވެސް ކޮށްފައި ވަނީ އެމްޓީސީސީ އިންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން 5.3 ކިލޯމީޓަރުގައި ވަނީ ތާރު އަޅާފައެވެ. އެއީ އެ ރަށުގެ 11 މަގެއްގައެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް 71 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައިއެވެ. އެ ރަށު މަގުތައް ހެދުމުގެ […...