މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބަސްތައް ޕާކުކުރަމުން އައި ބިން ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެޗުޑީސީ) ޑިންގީ އެސޯސިއޭޝަންއަށް ދީފިއެވެ.

މާލޭ ސަރަހައްދުގެ ގިނަ ބައެއް ބޭނުން ކުރަމުން އަންނަ ބަސްތައް މިހާރު ޕާކުކުރަން ޖެހެނީ ފިތުރޯނު މަގުގައެވެ. މި މަގަކީ ބާރު ބޮޑު މަގަކަށް ވުމުން ބޭނުން ކުރާ ފަރާތްތަކަށް ވެސް އުނދަގޫތަކާ ކުރިމަތިވަމުން ދާކަން ފާހަގަކުރެވެއެވެ. އަދި 25 އަށްވުރެ ގިނަ ބަސް މަގުމަތީގައި ޕާކުކޮށްފައި ބެހެއްޓުމުގެ ސަބަބުން ބަސްތައް ސާފުކުރުމަށް ވެސް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

Ad
rt

ޑިންގީ އެސޯސިއޭޝަންއަށް ދިނުމަށް ހުސްކޮށްފައި އޮތް ބިމުގައި އެއްވެސް ކަމެއް، އެއްވެސް ބޭނުމަކަށް ބޭނުން ކުރާ ތަނެއް ނުފެނެއެވެ. ނަމަވެސް އެތަނަށް 24 ގަޑިއިރު ސެކިއުރިޓީސް ބަހައްޓައިގެން ފޯރި މަރަމުން ގެންދެއެވެ.

އެމްޓީސީސީއިން ބަހުގެ ހިދުމަތް ފެށުނީއްސުރެ ބަސްތައް ޕާކުކުރުމަށް ބޭނުން ކުރަމުން އަންނަނީ އެމްޓީސީސީގެ ފެރީ ޓާމިނަލްއާއި ޖެހިގެން އޮންނަ ހުސް ބިމެވެ. އަދި ބަސް އޮޕަރޭޝަންއާއި ހުރިހާ ޑްރައިވަރުން ބޭނުން ކުރަމުން ދަނީ ޓާމިނަލް ތެރޭގައި ހުންނަ އޮފީސްތަކެވެ.

އެމްޓީސީސީގައި ޖުމްލަ 29 ބަސް ހުޅުމާލޭގައި އެކަނި ބޭނުން ކުރެއެވެ. މި ބަސްތައް ޕާކުކުރާނެ ތަނެއް ހަމަޖެއްސުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.