ފ. ނިލަންދޫ އެއާޕޯޓުގެ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމަާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގައި ހިމެނޭ، ސޭންޑް ބަންޑުލްވޯލު އެޅުމުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 58 ޕަސެންޓު މަސައްކަތް ވެސް ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.

Ad
rt

ނިލަންދޫ އެއާޕޯޓު ހެދުމަށް ބޭނުންވާ 42.6 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 2098 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި 1400 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

ނިލަންދޫގައި އެއާޕޯޓެއް ހަދަން ނިންމައި، އެކަމަށް ބޭނުންވާ ސާވޭތަކާއި އީއައިއޭހެދުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަބާލުކުރީ 27 މާޗް 2024ގައެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 390 ދުވަސް ތެރޭ ނިންމާގޮތަަށެވެ.

ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން މި އަހަރުގެ ބަޖެޓުގައި 20 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.