ހުޅުމާލޭގެ ވަގުތީ އިންޖީނުގެއަށް ބޭނުންވާ ތެޔޮ ރައްކާކުރާ 2 ޓޭންކް ބެހެއްޓުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މި މަސައްކަތް ކުރިއަށްގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ މިދިޔަ މަރޗް މަހުގެ 10ވަނަ ދުވަހުއެވެ.

Ad
rt

ހުޅުމާލޭގައި ސްޓެލްކޯއިން ބޭނުންކުރުމަށް ފިއުލް ސްޓޯރޭޖް ޓޭންކް ހެދުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދިޔައީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. މިއީ ފެބްރިކޭޓެޑް ޓޭންކްތަކެކެވެ.

މި މަޝްރޫއުގެ ދަށުން ޓޭންކްތަކުގައި އިތުރު ފަށަލައެއް ލުމުގެގޮތުން، ކޮންކްރީޖެހުމުގެ މަސައްކަތްތަކާއި، 2 ފިއުލް ޓޭންކް ބަހައްޓާ ފެބްރިކޭޓްކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. މިއީ 80،000 ލީޓަރުގެ ތެޔޮ ރައްކާކުރެވޭ ޓޭންކުތަކެކެވެ.

އަލަށް ބެހެއްޓި ތެޔޮ ރައްކާކުރާ 2 ޓެންކަކީ، ހުޅުމާލޭގައި ވަގުތީގޮތުން ހަދާފައިވާ އިންޖީނުގޭގެ، އިންޖީނުތައް ހިންގުމަށް ބޭނުންވާ ތެޔޮ ރައްކާކުރުމަށް ބެހެއްޓި ޓެންކުތަކެކެވެ. މިއީ މާލެ ސަރަަަހައްދުގެ ޕަވަ ޖެނެރޭޝަން ބެކަޕެއްގެ ގޮތުގައި ތަރައްޤީކޮށްފަވާ އިންޖީނުގެއެކެވެ.