Skip to main content
Topic Archive

#އިބްރާހިމް ޝަރީފް

28 Stories filed
ސަޕޯޓަރުން އެދޭތީ ޝަރީފް މަޖިލީހަށް ވާދަކުރެއްވުމާމެދު ގޮތެއް ނިންމަވަނީ
Raajje

ސަޕޯޓަރުން އެދޭތީ ޝަރީފް މަޖިލީހަށް ވާދަކުރެއްވުމާމެދު ގޮތެއް ނިންމަވަނީ

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް މަރަދޫ ދާއިރާގެ އޭނާގެ ސަޕޯޓަރުން އެދެމުންދާތީ އެކަމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމަށް އެ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) މިއަދު ވިދާޅުވެއްޖެއެވެ. 19 ވަނަ މަޖިލީހަށް ޝަރީފް އިންތިޚާބުވެވަޑައިގަތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓެއްގައެވެ. ނަމަވެސް ދައުރު ނިމެން ހަތަރު މަހާއި ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ޝަރީފް ވަނީ 28 ޑިސެމްބަރު 2023 ގައި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ...

ޕީއެންސީއާ ގުޅުނީ ދާއިރާގެ ޙައްޤުގައި، އަމިއްލަ މަންފާއެއް ހޯދާކަށްނޫން: ޝަރީފް
Raajje

ޕީއެންސީއާ ގުޅުނީ ދާއިރާގެ ޙައްޤުގައި، އަމިއްލަ މަންފާއެއް ހޯދާކަށްނޫން: ޝަރީފް

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އޭނާ ގުޅިވަޑައިގަތީ ދާއިރާގެ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ރޭ ވިދާޅުވެއްޖެއެވެ. ޝަރީފް ހިމެނޭހެން އިދިކޮޅު، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ 13 މެންބަރަކު ރޭ ވަނީ ޕީއެންސީއާއި ގުޅިވަޑައިގެންފައެވެ. މިކަމަށް މާލޭ ދަރުބާރުގޭގައި ރޭ ބޭއްވި ޙާއްޞަ ޕީއެންސީ ޖަލްސާގައި ޝަރީފް ވިދާޅުވީ، އޭނާ އަކީ ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއެކު ގަދަކ...

މަރަދޫ ދާއިރާ މެންބަރު ޝަރީފު އެމްޑީޕީން ވަކިވެވަޑައިގެންފި
Raajje

މަރަދޫ ދާއިރާ މެންބަރު ޝަރީފު އެމްޑީޕީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ)، ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ)އިން ވަކިވެވަޑައިގެންފިއެވެ. އޭނާގެ އެ ނިންމެވުން ވަނީ ރޭ، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ވަޓްސްއަޕް ގްރޫޕްގައި ހިއްސާ ކުރައްވާފައެވެ. އެނގިފައިވާގޮތުގައި ޝަރީފް އެމްޑީޕީއާއި ފެޔަށް ޖެހިވަޑައިގަތީ މަރަދޫ ދާއިރާގައި ކުރީ ސަރުކާރުން ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ފުރުސަތު ފަހި ކުރުމަށްކަމަށް ވިދާޅުވެފައެވެ. ޝަރީފް އަކީ މި ހިނގާ ދައުރުގައި މަޖިލީހުގައި އެމްޑީޕީގ...

މެންބަރު ޝަރީފަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި
Parliament

މެންބަރު ޝަރީފަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި

ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) އަށް ހަމަލާދިންކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހައްޔަރުކޮށްފައިވަނީ 4 ދިވެހިން ކަމަށާއި އެއީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުން ތިން ފިރިހެނުން ކަމަށެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 27 އަހަރުގެ މީހާއާއި 24 އަހަރުގެ ދެމީހުންނަށް ވަނީ 60 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު، 24 އަހަރުގެ އެކަކގެ ބަންދަށް 30 […]

އުއްޗުގެ ތާއީދު ލިބުމަކީ ރައީސްގެ ކެމްޕޭނަށް ލިބުނު ވަރުގަދަ ހިތްވަރެއް: ޝަރީފް
Raajje

އުއްޗުގެ ތާއީދު ލިބުމަކީ ރައީސްގެ ކެމްޕޭނަށް ލިބުނު ވަރުގަދަ ހިތްވަރެއް: ޝަރީފް

މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ތާއީދު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ލިބުމަކީ ރައީސްގެ ކެމްޕޭނަށް ލިބުނު ވަރުގަދަ ހިތްވަރެއްކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. އުއްޗުގެ ރިސޯޓް ޗަމްޕާ ގިރީގައި ރައީސްގެ ދެކަނބަލުންނަށް އިއްޔެ ދެއްވި ރޯދަވީއްލުމުގެ ކުރިން އުއްޗު ވަނީ “އިބޫ 23” ޖަހާފައިވާ ޖާޒީއެއް ރައީސަށް އަރުވައިފަ އެވެ. އެކަމަށް އިޝާރާތް ކުރައްވަމުން ޝަރީފް ވިދާޅުވީ، އުއްޗު ފަދަ ފުއްނާބު އުސް ވިޔަފާރިވެރިއެއްގެ ތާއީދު ރައީސް އިބް...

''ފިކުރެއްގެ ދިރުމަކީ'' އަމާޒު ލާހޫރޭ ބޮއްކުރައެއް: ޝަރީފް
Raajje

''ފިކުރެއްގެ ދިރުމަކީ'' އަމާޒު ލާހޫރޭ ބޮއްކުރައެއް: ޝަރީފް

ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވާ ސިޔާސީ ހަރަކާތް، ”ފިކުރެއްގެ ދިރުން” އަކީ އަމާޒެއް ނެތި ދަތުރުކުރާ ބޮއްކުރައެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. ޝަރީފް މި މޭރުމުން ވިދާޅުވީ، ރައީސް ޞާލިޙް ދެވަަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތްޕުޅަށް އެމަނިކުފާނުގެ ވެރިކަންކުރައްވާ މިހާރުގެ އިއްތިހާދުގައި ހިމެނޭ ބައެއް ޕާޓީތައް އާނބަސް ނުބުނުމުން އެކަމާއި ގުޅިގެން މާފަންނު އުތުރު ދާއިރާގެ މ...

އެމްއާރުއެމުން ބުނާ ކަށަވަރުކަން ދޭ ވަރަށްވުރެ އެ ޕާޓީގެ ސައިޒު ކުޑަ: ޝަރީފް
Raajje

އެމްއާރުއެމުން ބުނާ ކަށަވަރުކަން ދޭ ވަރަށްވުރެ އެ ޕާޓީގެ ސައިޒު ކުޑަ: ޝަރީފް

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ބުނާ ކަށަވަރުކަން ދޭ ވަރަށްވުރެ އެ ޕާޓީގެ ސައިޒު ކުޑަކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ. އެމްއާރުއެމް އަކީ މިހާރުގެ ވެރިކަން ކުރާ ކޯލިޝަންގެ ވެސް ބައިވެރިއެކެވެ. އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މިހާރު ވެސް ވެރިކަން ހިންގަމުން އަންނަ ކޯލިޝަން ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއެކު ކުރިއަށް ދިޔުމަށް އެމަނިކުފާނު ވަނީ ކޯލިޝަންގެ ބައިވެރިންނަށް ސިޓީ ފުޅެއް ފޮނުއްވާފ...

އެމްޑީޕީ އަކީ އެއްވެސް މީހެއްގެ ތަރިކަ މުދަލެއް ނޫން: ޝަރީފް
Raajje

އެމްޑީޕީ އަކީ އެއްވެސް މީހެއްގެ ތަރިކަ މުދަލެއް ނޫން: ޝަރީފް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ އެއްވެސް މީހެއްގެ ތަރިކަ މުދަލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީގެ މަރަދޫ ދާއިރާގެ މެމްބަރ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ، ޝަރީފް ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ އެމްޑީޕީ އަކީ ރައީސް ނަޝީދު މޮޑެން ގެންގުޅުއްވާ ފުށްގަނޑެއް ނޫން ކަމަށެވެ. ޝަރީފުގެ މި ބަސްތައް އަމާޒުކުރައްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިން ނަޝީދު ބަލިވުމާއި އެކު، “ފިކުރެއްގެ ދ...

ރައީސްގެ ''އިންޑިއާ ފަސްޓް'' ޕޮލިސީ އަކީ މިނިވަންކަން ހިމާޔަތް ކުރުމަށް މުހިންމު ސިޔާސަތެއް: ޝަރީފް
Raajje

ރައީސްގެ ''އިންޑިއާ ފަސްޓް'' ޕޮލިސީ އަކީ މިނިވަންކަން ހިމާޔަތް ކުރުމަށް މުހިންމު ސިޔާސަތެއް: ޝަރީފް

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ”އިންޑިއާ ފަސްޓް” ޕޮލިސީ އަކީ ދިވެހި ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރުމަށާއި، ސަލާމަތްތެރިކަން ދެމެހެއްޓުމަށް މުހިންމު ސިޔާސަތެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ. މީސް މީޑިއާގައި ޚިޔާލު ފާޅު ކުރައްވަމުން ޝަރީފް ވިދާޅުވީ، ޤައުމުގެ ޚާރިޖީ ސިޔާސަތު ބައްޓަންވާން ޖެހޭނީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމުގެ މައްޗަށް ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ޚާރިޖީ ސިޔާސަތު ބިނާވެފައި ވަނީ އެ ގޮތައް ކަމަށް ވ...

ފަހުވަގުތު ޕީޕީއެމަށް ޖެހޭނީ ރިޔާސީ ޓިކެޓް ޔާމީން ނޫން މީހަކަށް ދޭން: ޝަރީފް
Raajje

ފަހުވަގުތު ޕީޕީއެމަށް ޖެހޭނީ ރިޔާސީ ޓިކެޓް ޔާމީން ނޫން މީހަކަށް ދޭން: ޝަރީފް

އެންމެ ފަހުވަގުތު އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ޖެހޭނީ އެ ޕާޓީގެ ރިޔާސީ ޓިކެޓް އެހެން ބޭފުޅަކަށް ދޭންކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. މީސް މީޑިއާގައި ޚިޔާލު ފާޅުކުރައްވަމުން ޝަރީފް، އިދިކޮޅު ޕީޕީއެމަށް ނިސްބަތްކޮށް ވިދާޅުވެފައި ވަނީ، ޔާމީން ނޫން މީހަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ނުދޭނެ ކަމަށް އެ ޕާޓީން ބުނަމުން ދިޔަނަމަވެސް ފަހުވަގުތު އެ ޓިކެޓް އެހެން ބޭފުޅަކަށް ދިނުންނޫން ގޮތެއް އެ […]

ފުރަތަމަ ބުރުގައި އިއްތިހާދެއް ހެދުމުގެ ބޭނުމެއް ނެތް: ޝަރީފް
Raajje

ފުރަތަމަ ބުރުގައި އިއްތިހާދެއް ހެދުމުގެ ބޭނުމެއް ނެތް: ޝަރީފް

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އިއްތިހާދެއް ހެދުމުގެ ބޭނުމެއް ނެތްކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. މީސްމީޑިއާގައި ޚިޔާލުފާޅު ކުރައްވަމުން ޝަރީފް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙް އިއްތިހާދެއް ހެދުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި އެހެން ސިޔާސީ ޕާޓީތަކުގެ ހުރި ބުރަދަން ވަޒަންކޮށްލެވޭނީ އޭރުން ކަމަށް...

ޞާލިހަށް ޕްރައިމަރީ ގެއްލިއްޖެނަމަ ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢު ހުއްޓިދާނެކަމުގެ ބިރު އެބައޮތް: ޝަރީފް
Raajje

ޞާލިހަށް ޕްރައިމަރީ ގެއްލިއްޖެނަމަ ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢު ހުއްޓިދާނެކަމުގެ ބިރު އެބައޮތް: ޝަރީފް

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގެއްލިއްޖެނަމަ 1.5 މިލިއަން ފަތުރުވެރިންނަށް އަމާޒުކޮށްގެން ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ގަން ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ މަސައްކަތް ހުއްޓިދާނެކަމުގެ ބިރު އެބައޮތްކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙްގެ ކެމްޕެއިން ނިންމާލެވުމަށް ރޭ އައްޑޫ ސިޓީގެ ހިތަދޫގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައ...

ރަނިންމޭޓުކަން ދެއްވާނެ ކަމަށް ވިދާޅުވެ ނަޝީދު ކުރިން ވެސް ދޯކާ ދެއްވި: ޝަރީފް
Raajje

ރަނިންމޭޓުކަން ދެއްވާނެ ކަމަށް ވިދާޅުވެ ނަޝީދު ކުރިން ވެސް ދޯކާ ދެއްވި: ޝަރީފް

ރަނިންމޭޓުކަން ދެއްވާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު، ކުރިން ވެސް ބައެއް ބޭފުޅުންނަށް ދޯކާ ދެއްވި ކަމަށާއި، މިފަހަރު ވެސް އެހެން ހެއްދެވުން ގާތް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އިއްޔެ ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެންއިރު އަރިހުގައި އައްޑޫއަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި،...

މެމްބަރު ޝަރީފާ ދެކޮޅަށް ނަޝީދު ހުށަހެޅުއްވި މައްސަލަ ކޯޓުން ބަލައިގެންފި
Raajje

މެމްބަރު ޝަރީފާ ދެކޮޅަށް ނަޝީދު ހުށަހެޅުއްވި މައްސަލަ ކޯޓުން ބަލައިގެންފި

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަބުރުފުޅަށް ގެއްލުން ލިބޭ ގޮތަށް ޓްވީޓު ކުރެއްވި، މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އާ ދެކޮޅަށް ހުށަހެޅުއްވި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފި އެވެ. މި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފައި ވަނީ އިއްޔެ އެވެ. މިއީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަން ވައްޓާލުމަށް، 50 މީހަކު މަރާލައި އެ މީހުންގެ މަރުގެ މައްސަލަ މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަން ނަޝީދު ރޭއްވެވި ކަމަށް ބުނެ، ޝަރީފް […]

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ރައީސް ޞާލިޙް ނޫން ޗޮއިސްއެއް ނެތް: ޝަރީފް
Raajje

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ރައީސް ޞާލިޙް ނޫން ޗޮއިސްއެއް ނެތް: ޝަރީފް

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ބޭނުންނަމަ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ނޫން އެހެން ޗޮއިސްއެއް ނެތް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަދި ވެރިކަންކުރާ އިއްތިހާދުގެ މައި ޕާޓީ، އެމްޑީޕީން އަދި ރިޔާސީ ކެންޑިޑޭޓެއް ކަނޑައެެއް ނާޅައެވެ. އަދިކޮޅު ކޯލިޝަނުން އެ ކޯލިޝަންގެ […]