އެމްއާރުއެމުން ބުނާ ކަށަވަރުކަން ދޭ ވަރަށްވުރެ އެ ޕާޓީގެ ސައިޒު ކުޑަ: ޝަރީފް

MP Shareef addoo

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ބުނާ ކަށަވަރުކަން ދޭ ވަރަށްވުރެ އެ ޕާޓީގެ ސައިޒު ކުޑަކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

އެމްއާރުއެމް އަކީ މިހާރުގެ ވެރިކަން ކުރާ ކޯލިޝަންގެ ވެސް ބައިވެރިއެކެވެ. އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މިހާރު ވެސް ވެރިކަން ހިންގަމުން އަންނަ ކޯލިޝަން ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއެކު ކުރިއަށް ދިޔުމަށް އެމަނިކުފާނު ވަނީ ކޯލިޝަންގެ ބައިވެރިންނަށް ސިޓީ ފުޅެއް ފޮނުއްވާފައެވެ. އެ ސިޓީފުޅާއި ގުޅިގެން މަޝްވަރާ ކުރުމަށް އެމްއާރުއެމްގެ އިސްވެރިންނާއި، ރައީސް ޞާލިޙާއެކު ވަނީ މިއަދު ބައްދަލުވުމެއް ބާއްވާފައެވެ.

މިފަދަ ބައްދަލުވުމެއް ބާއްވާފައި ވަނިކޮށް، ރައީސް ޞާލިޙްގެ ފަޅީގައި ހުންނެވި މެންބަރު ޝަރީފް މީސް މީޑިއާއަށް ދޫކޮށްލެއްވި ޓްވީޓެއްގައި ވަނީ އެމްއާރުއެމުން ބުނާ ކަށަވަރުކަން ދޭނެގޮތެއް އޮންނާނެހެން ހީނުވާކަމަށް ވިދާޅުވެފައެވެ.

''ސަރުކާރުގެ 25 އިންސައްތަ ދީގެން 2018 ގައި ކޯލިޝަން ހެދިޔަސް މިއަދު އެ ޕާޓީގެ ސައިޒް ނެތްކަން ފެންނަން އެބައޮތް، ވީމާ ކޮންމެވެސް އެއްގޮތަކަށް ކޯލިޝަން ހަދަން ނުވަތަ ނުހަދަން ނިންމަން އެބަޖެހޭ، ދިގު ދައްމާކަށް ވަގުތެއް ނެތް'' ޝަރީފް ވިދާޅުވެފަވެއެވެ.

ޝަރީފް އިތުރަށް ވިދާޅުވެފައި ވަނީ ''އެމްއާރުއެމް އިން ވެސް މާ ހާސަރު ދަމާނެ ކަމެއް ނެތް ކަމަށާއި، އެމްޑީޕީއާއެކު ކޯލިޝަން ހަދަން ބޭނުން ނެތިއްޔާ އެވާހަކަ ބުނެފައި ކޯލިޝަނުން ވަކިވީމަ ނިމުނީ'' ކަމަށެވެ.

އައު ކޯލިޝަނަކާއެކު އައު ދައުރަކަށް ރައީސް ޞާލިޙް ކަމަރު ބަންނަވާފައިވާއިރު، މިއަދު އެމްއާރުއެމްގެ އިސްވެރިންނާއި، ރައީސް ޞާލިޙާއެކު ކުރިއަށް ގެންދެވި މަޝްވަރާއާއި ގުޅިގެން އެމްއާރްއެމްއިން ވަނީ މިއަދުގެ ބައްދަލުވުމުގައި ކޯލިޝަން ހެދުމާއި މެދު ވަކި ގޮތެއް ނިންމިފައި ނުވާކަމަށް ބުނެފައެވެ.

މިއަދު އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް އިތުރު މަޝްވަރާތައް ހިންގާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތިމާގެ ސައިޒަކީ ކޮބައިތޯ ފުރަތަމަ ވިސްނާލައްވާ މައްވޯޓާގެ ފުރަތަމަ ތައުލީމީ ފެންވަރަރަކީ ޖީސީވެސް ނުހައްދަވާ ހުރިކަން ފިތުނަ ފަސާދަ އުފެއްދުމާ ދޭތެރެ ޖެއްސުމުގެ ދާއިރާއިން ޕީ އެޗް ޑީ ހުރީ ނަންގަވާފާ

  2. Ma vote buni nama ves thiya ee heyo vaahaka eh 3000 mee hun hama nu vegen ulheni eka maku 30% dheyn jehe yo
    Mi meehun ge hiy thiri vaa ni kon ira kun hama efadha adhaa lathu ves emeehun ge faraathun ves maa Gina vote nu libey be

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި