އެމްޑީޕީ އަކީ އެއްވެސް މީހެއްގެ ތަރިކަ މުދަލެއް ނޫން: ޝަރީފް

Ibrahim Shareef - Mavota

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ އެއްވެސް މީހެއްގެ ތަރިކަ މުދަލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީގެ މަރަދޫ ދާއިރާގެ މެމްބަރ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ، ޝަރީފް ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ އެމްޑީޕީ އަކީ ރައީސް ނަޝީދު މޮޑެން ގެންގުޅުއްވާ ފުށްގަނޑެއް ނޫން ކަމަށެވެ.

ޝަރީފުގެ މި ބަސްތައް އަމާޒުކުރައްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިން ނަޝީދު ބަލިވުމާއި އެކު، "ފިކުރެއްގެ ދިރުން" މި ނަމުގައި އެމްޑީޕީ ތެރޭގައި މިހާރު ހިންގަވާ ހަރަކާތަށް ނިސްބަތްކޮށް ކަމަށް ބެލެވޭއިރު، ސިޔާސީ ޕާޓީތައް ހިނގަންޖެހޭނީ އުފެދިފައިވާ ސިޔާސަތު ތަކާއި، އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެޕާޓީ އެއް އުފެދުމަށް މެދުވެރިވާ ގަބޫލުކުރުންތަކުގެ މައްޗަަށް ކަމަށާއި، ޕާޓީތަކަށް ކުރިއެރުން ލިބޭނީ އެމަގުން ކުރިއަށް ގޮސްގެންކަމަށްވެސް ޝަރީފު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެމްޑީޕީ އަކީ ޕާޓީގެ މެމްބަރުންގެ ނިންމުމާއި އެއްގޮތަށް މަސައްކަތްކުރާ ޕްރޮފެޝަނަލްކޮށް ހިނގާ ޕާޓީއެއްގެ ގޮތުގައި މިހާރު ސިފަވާން ފަށައިފި ކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ. އަދި އެއީ ޕާޓީ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށްވެސް ފާހަގަކުރައްވާފައި ވެއެވެ.

ޝަރީފު އިތުރަށް ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ނަޝީދަށް ތާއީދުކުރައްވާ އިމްތިޔާޒް ފަހުމީ އާއި އީވާ އަބްދުﷲ މެންފަދަ ބޭފުޅުންނަށް މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ، އެމްޑީޕީ ވަކި މީހެއްގެ ފަހަތުން އެނބުރޭ އެނބުރުން ހުއްޓުވުން ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި