މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ތާއީދު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ލިބުމަކީ ރައީސްގެ ކެމްޕޭނަށް ލިބުނު ވަރުގަދަ ހިތްވަރެއްކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
އުއްޗުގެ ރިސޯޓް ޗަމްޕާ ގިރީގައި ރައީސްގެ ދެކަނބަލުންނަށް އިއްޔެ ދެއްވި ރޯދަވީއްލުމުގެ ކުރިން އުއްޗު ވަނީ "އިބޫ 23" ޖަހާފައިވާ ޖާޒީއެއް ރައީސަށް އަރުވައިފަ އެވެ.
އެކަމަށް އިޝާރާތް ކުރައްވަމުން ޝަރީފް ވިދާޅުވީ، އުއްޗު ފަދަ ފުއްނާބު އުސް ވިޔަފާރިވެރިއެއްގެ ތާއީދު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ލިބުމަކީ ރައީސްގެ ކެމްޕޭނަށް ލިބުނު ވަރުގަދަ ހިތްވަރެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ގިނަ ކުރިއެރުންތަކެއް ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގައި ހުންނެވި އެންމެ ނުފޫޒުގަދަ އެއް ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) އާ ބައްދަލުކުރައްވައިފި. ޗަމްޕާ ގިރީގައި ދެ ބޭފުޅުން ބައްދަލުކުރެއްވި އިރު “އިބޫ 2023” ޖަހާފައިވާ ޓީޝާޓެއް އުއްޗު pic.twitter.com/x4Aej28Pxj…
— Badr' (@Badruddeen) March 31, 2023
ޝަރީފް ވަނީ އުއްޗުގެ އިތުރުން ވެސް ވަރުގަދަ ވިޔަފާރިވެރިން ރައީސް ޞާލިޙްގެ ކެމްޕޭނާ ގުޅެމުންދާ ކަމަށް ވިދާޅުވެފައެވެ.
''ފުއްނާބުއުސް ވިޔަފާރިވެރިޔާ ސަން ސިޔާމާއި އޭނާގެ ޕާޓީ އެމްޑީއޭ ވެސް ވަނީ ރައީސް ޞާލިޙާއެކު ކޯލިޝަން ހަދާފައި، އެމްޑީއޭ އަކީ 4 ވަނަ އަށް އެންމެ ބޮޑު ޕާޓީ'' ޝަރީފް ވިދާޅުވެފަވެއެވެ.
އުއްޗުގެ ތާއީދު ރައީސް ޞާލިޙަށް އޮތް ކަން ހާމަކުރެއްވިއިރު، ރައީސްގެ ފަރާތްޕުޅުން ދާދި ފަހުން މަންދޫބުންތަކެއް އުއްޗު އާއި ވަނީ ބައްދަލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!