ސަޕޯޓަރުން އެދޭތީ ޝަރީފް މަޖިލީހަށް ވާދަކުރެއްވުމާމެދު ގޮތެއް ނިންމަވަނީ
އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް މަރަދޫ ދާއިރާގެ އޭނާގެ ސަޕޯޓަރުން އެދެމުންދާތީ އެކަމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމަށް އެ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) މިއަދު ވިދާޅުވެއްޖެއެވެ. 19 ވަނަ މަޖިލީހަށް ޝަރީފް އިންތިޚާބުވެވަޑައިގަތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓެއްގައެވެ. ނަމަވެސް ދައުރު ނިމެން ހަތަރު މަހާއި ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ޝަރީފް ވަނީ 28 ޑިސެމްބަރު 2023 ގައި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ...