ހޯރަފުށީ އެއާޕޯޓު: އިހަވަންދިއްޕޮޅަށް އައު ދިރުމެއް
ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރި އެއާޕޯޓް މިއަދު ހުޅުވިގެން ދިޔައިރު، މި އެއާޕޯޓު ވެގެން ދާނީ އިހަވަންދިއްޕޮޅަށް އައު ދިރުމެއް ގެނުވާނޭ އެއާ ޕޯޓަކަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓު، ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވާފައެވެ. އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް އެ ތާރީޚީ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާކަމަށް ވުމީ، އެ ރައްޔިތުންނަށް ލިބުނު އިތުރު ފަޚުރަކާއި ޝަރަފެކެވެ. މިއަދު ހޯރަފުށީގައި ހުޅުވިގެންދިޔަ އެއާޕޯޓުގަ...