ހދ. މަކުނުދޫ ސްކޫލްގެ ބެލެނިވެރިން އިސްނެގުމާއެކު އެރަށު ސްކޫލަށް ޒަމާނީ ޑިޖިޓަލް ނޯޓިސް ބޯޑެއް ހަދިޔާކޮށްފިއެވެ.
މި ޑިޖިޓަލް ނޯޓިސް ބޯޑަކީ މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) މާލީ އެހީތެރިކަމާއެކު ހަދިޔާކޮށްފައިވާ ޑިޖިޓަލް ނޯޓިސް ބޯޑެކެވެ.
މި ނޯޓިސް ބޯޑު ހަވާލުކުރުމަށް ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއި، ސްކޫލްގެ އިސް ބެލެނިވެރިންނާއި އަދި ސްކޫލްގެ ޕްރިންސިޕަލާއި ސީނިއާ މެނޭޖްމަންޓް ވަނީ ބައިވެރިވެފައެވެ.
މަކުނުދޫ ސްކޫލުން ވަނީ ބެލެނިވެރިންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މި އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.
މިކަމުގައި މާލީ އެހީތެރިކަން ދިން މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަކީ ވަރަށް ގިނަ ހަރަކާތްތަކެއް ހިންގަމުންއަންނަ، ރަށުގެ އިޖުތިމާއީ، އުމުރާނީ ތަރައްގީގައި ވަރަށް ބޮޑަށް ބައިވެރިވުން ދެމުން އަންނަ ކޮމެޓީއެކެވެ.
މީގެ އިތުރުން މަކުނުދޫ ސްކޫލްގެ ބެލެނިވެރިންނަކީ ވެސް ސްކޫލާއި ގުޅިގެން ސްކޫލާއި ދަރިވަރުންގެ ކުރިމަގަށް ގަދައަޅައި މަސައްކަތްކުރަމުންއަންނަ ބެލެނިވެރިންތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!